ads
ކެޓްރީނާ، ކަރީނާ، ޕްރިޔަންކާ
ކިޔެވުން ދޫކޮށް ބޮލީވުޑަށް އައި މަޝްހޫރު 5 ތަރިން
ކޮންމެ މީހަކީވެސް އެކި ކަންކަމަށް ޝައުގުވެރިކަން ހުންނަ މީހުންނެވެ. އެއްބަޔަކު ކިޔެވުމަށް ޝައުގުވެރިވިނަމަވެސް، އަނެއް ބަޔަކީ އެކަމަށް ޝައުގުވެރިކަން ނުއުފެދޭ ބައެކެވެ.

މިފަދައިން ކިޔެވުން ކުރިއަށް ނުގެންގޮސް ބޮލީވުޑްގައި މަޝްހޫރުވި ގިނަ ތަރިންނެއް އެމީހުންގެ އެކްޓިން އާއި ހުނަރާއި ރީތިކަމުން މީހުންގެ މަގުބޫލުކަން ހޯދައި މަޝްހޫރުވެފައިވެއެވެ.

މިގޮތުން އާލިއާ އަކީ އޭނާގެ ފުރާވަރުގައި ކިޔެވުން ދޫކޮށްލައި ބޮލީވުޑްގައި މަސައްކަތްކުރަން ފެށި ފަންނާނެކެވެ. އޭނާވަނީ އޭނާގެ ސްކޫލް ދައުރު ނިންމުމަށް ފަހުގައި ބޮލީވުޑްގައި މަސައްކަތް ކުރަން ފަށާފައެވެ.

your imageއާލިއާ ބާޓް

ހަމައެފަދައިން ކަރީނާވެސް އޭނާގެ ކިޔެވުން ދޫކޮށްލީ އެކްޓިންގެ ކެރިއަރަށްޓަކައެވެ. މިގޮތުން ސްކޫލް ދައުރު ނިންމުމަށް ފަހުގައި އޭނާ ކޮމާސް އިން ޑީގްރީ ހާސިލްކުރުމަށް އެންރޯލްވިއެވެ. އެހެންނަމަވެސް އެ ކޯސް ފުރިހަމަ ނުވަނީސް އޭނާ އަނެއްކާވެސް ލޯޔަރަކަށް ވުމަށް ކިޔަވަން ފެށިއެވެ. ނަމަވެސް އެކޯސްވެސް އޭނާ ދޫކޮށްލީ ހަޔާތުގެ ބާކީބައި އެކްޓިންގެ ކެރިއާގައި ކުރިއަށް ދިއުމަށްޓަކައެވެ.

 

your imageކަރީނާ ކަޕޫރް

ލިސްޓުގެ ތިންވަނާގައި ހިމެނެނީ ޕްރިޔަންކާ ޗޯޕްރާއެވެ. ތެދެކެވެ. ވިސްނުން ތޫނު މިފަންނާނަކީ ކިޔެވުން ދޫކޮށްލި ފަންނާނެއްކަން ގަބޫލުކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އޭނާ ކިޔެވުމަށް ކޮލެޖަކަށް ވަތް ނަމަވެސް މިސް ވޯލްޑް ލިބުމުން ދެން އޭނާ ބެލީ ކިޔެވުންދޫކޮށް އެކްޓިންގެ ކެރިއަރުން ކުރިއަށް ދެވޭތޯއެވެ.

your imageޕްރިޔަންކާ ޗޯޕްރާ

މިފަދައިން ކިޔެވުން ދޫކޮށްލި ފަންނާނުންގެ ތެރޭގައި ގިނަ ބަޔަކަށް މަގުބޫލު ފަންނާނެއް ކަމަށްވާ ކެޓްރީނާ ކެއިފް ވެސް ހިމެނެއެވެ. ކެޓްރީނާ އޭނާގެ ސްކޫލް ދައުރުވެސް ކިޔެވުން ނިންމީ ގޭގައި އިނދެގެންނެވެ.

your imageކެޓްރީނާ ކައިފް

މުޅި ދުނިޔޭގެ އެންމެ ރީތި އަންހެނާ ކަމުގެ ލަގަބު ހޯދާފައިވާ އައިޝްވަރިޔާ ރާއި އަކީވެސް އެކްޓިންގެ ކެރިއަރުން ކުރިއަށް ދިއުމަށް ކިޔެވުން ދޫކޮށްލި ފަންނާނެކެވެ. އޭނާ އާކިޓެކްޗާ އިން ކުރިއަށް ދާން ނިންމި ނަމަވެސް ބޮލީވުޑަށް ދިއުމަށްޓަކައި ކިޔެވުން ދޫކޮށްލީއެވެ.

your imageއައިޝްވަރްޔާ ރާއި

މިހުރިހާ ތަރިންނަކީވެސް އެކްޓިންގެ ކެރިއަރުން ކުރިއަށް ދިއުމަށްޓަކައި ކިޔެވުން ދޫކޮށްލި ފަންނާނުންނެވެ. އެހެންނަމަވެސް އެކަމަކީ އެ ފަންނާނުންގެ ކުރިއެރުމަށް އެޅޭ ހުރަހެއް ނޫންކަމަށް އެފަންނާނުން ވަނީ ސާބިތުކޮށްދީފައެވެ.

43%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް