ދާދި ފަހުން މަމްބާއިގައި ހުންނަ ޕްރޮޑަކްޝަން ހައުސްއަކަށް ކްރިތީ ދިޔަ ތަނާ އެތަނަ މީޑިއާ އެއްވެ، ކްރިތީ ކައިރީ ކަމަކަށް އެދުނު ކަމެއް ނުކުރުމުން ކްރިތީއަކަށް ވަނީ ގިބަ ބައެއްގެ ލޯތްބާއި ތައުރީފް ލިބިފަ އެވެ.
ކްރިތީ ކައިރިން އެމީހުން އެދުނީ މާސްކް ނެގުމަށެެވެ. ފޮޓޯއަކަށް ކަމަށް ބުނެ އެތައް ފަހަރު މާސްކް ނެގުމަށް އެދުމުން ވެސް ކްރިތީ ނުނެގި އެވެ.
މާސްކު ނުނެގިތާގައި އެ ސަރަހައްދު ބޭރުގައި މަޑުކުރަން ނަހަދައި ކްރިތީ ވަނީ ވަގުތުން އެތަނަށް ވަދެފައެވެ.
އިންޑިއާގައި ގިނަ އަދަދެއްގެ ބަޔަކަށް އަންނަނީ ކޮވިޑް ޖެހެމުންނެވެ. އަދި ކޮވިޑްގެ ހާލަތު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންނެވެ.