ads
ފަތުރުވެރިން އައުން-- ފޮޓޯ: ވީއައިއޭ
މިއަދު ރާއްޖެ އަންނަ ފަރާތްތަކުން ޓްރެވަލާސް ހެލްތު ޑިކްލަރޭޝަން ފޯމު ހުށަހަޅަން ނުޖެހޭނެ
ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކުން ފުރިހަމަކުރަން ޖެހޭ، ޓްރެވަލާސް ހެލްތު ޑިކްލަރޭޝަން ފޯމު މިއަދު ރާއްޖެ އެތެރެވާ މީހުން ހުށަހަޅަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ޓްރެވަލާސް ހެލްތު ޑިކްލަރޭޝަން ފޯމަކީ ރާއްޖެ އަންނަ އެންމެން ވެސް 24 ގަޑިއިރު ކުރިން އެ މީހެއްގެ މައުލޫމާތު އޮންލައިންކޮށް ހުށަހަޅާ ފޯމެކެވެ. މި ފޯމު ހުށަހަޅަނީ "އިމުގާ" ޕޯޓަލް މެދުވެރިކޮށެވެ.

އިމިގްރޭޝަން އިން ބުނީ ހެލްތު ޑިކްލަރޭޝަން ފޯމު ހުށަހަޅާ އިމުގާ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ހިދުމަތް ދިނުމަށް ބުރޫތަކެއް އަރާފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މިއަދު (31 ޖުލައި 2021) ގައި ރާއްޖެ އެތެރެވާ ފަރާތްތަކުން އެ ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ އެ މައްސަލަ މާދަމާއަށް ހައްލުވާނެ ކަމަށެވެ.

ހެލްތު ޑިކްލަރޭޝަން ފޯމް ފުރަން ނުޖެހުނު ނަމަވެސް މިއަދު ރާއްޖެ އަންނަ މީހުން ވެސް ކޮވިޑް-19 އަށް ޓެސްޓްކޮށް 96 ގަޑިއިރު ހަމަނުވާ ޓެސްޓެއްގެ ނެގެޓިވް ނަތީޖާ ގެންނަން ޖެހޭނެ ކަން އިމިގްރޭޝަނުން ފާހަގަކުރިއެވެ. ރާއްޖެ އެތެރެވުމާއެކު، ޕީސީއާރު ޓެސްޓު އެއާޕޯޓުގައި ފިޒިކަލީ ޗެކް ކުރެވޭނެއެވެ.

ބޯޑަރުގެ ކަންތައްތައް ހަރުދަނާކޮށް ބަލަހައްޓާ، ދަތުރުވެރިން އެއަޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު މަދުކުރުމާއިއެކު ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ޓްރެވަލާސް ހެލްތު ޑިކްލަރޭޝަން ފޯމު ތައާރަފްކޮށްފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ހުޅުވާލިއިރު 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް