ރައީސް ސޯލިހު ޔޫ.އޭ.އީގެ ދުބާއީއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތީ މިމަހުގެ 27 ވަނަދުވަހުއެވެ.
ޖޫން މަހު ފަހުކޮޅުވެސް ރައީސް ވަނީ ދުބާއީއަށް ވަޑައިގެންފައެވެ. އެފަހަރު ދަތުރު ކުރެއްވީ ރައީސް ސޯލިހްގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހް (އަހްމަދުބެ) އަވަހާރާވުމާއި ގުޅިގެންނެވެ.
ރައީސް ސޯލިހުވަނީ ދާދިފަހުން ސްރީލަންކާއަށްވެސް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.