ads
ފުލުހެއް ބޮޑީ ކެމެރާއެއް ޔުނީފޯމްގައި ހަރުކޮށްގެން
ފުލުހުންނަށް 1400 ބޮޑީ ވޯން ކެމެރާ ހޯދަނީ
މޯލްޑިވްސް ޕޮލިސް ސާވިސްގެ ބޭނުަމަށް، ފުރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް 1400 ބޮޑީ ވޯން ކެމެރާ (ބީޑަބްލިއުސީ) ސަޕްލައި އަދި ޑެލިވާ ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެެވެ.

ފިނޭންސުން ބުނީ އެމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފަވާކަމަށެވެ. 

މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައި..ސީ.ބީ) އުސޫލުގެ މަތިން ކަމަށާއި ބިޑަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ބީލަމުގައި ބައިވެރިވުމަށް  -/1،500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެކަމަށާއި ފައިސާ ބަލައިގަންނާނީ 1 އޮގަސްޓް 2021 އިން 26 އޮގަސްޓް 2021 އަށް،  އެމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ   މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ  އީމެއިލް އެޑްރެހަށް ފޮނުވަންވާނެ ކަމަށް މިނިސްޓްރީ ބުނެ އެވެ. 

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv  އިން 3 އޮގަސްޓް 2021 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް އިއުލާންގައިވެއެވެ. 

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/390,000ރ (ތިންލައްކަނުވަދިހަ ހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުންފެށިގެން 148 ދުވަހެވެ. 

ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12 އޮގަސްޓު 2021 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން، އީމެއިލް ކުރެއްވުމަށް އެދިފައިވެއެވެ.

ބީލަން ހުޅުވުން އޮންނާނީ 31 އޮގަސްޓު 2021 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ދިވެހި ފުލުހުން ބޮޑި ވޯން ކެމެރާ ބޭނުންކުރަން ފަށާފައިވަނީ 2020 ވަނަ އަހަރު ފެބްރުއަރީ މަހު ތެރޭގައެވެ. ބޮޑީ ކެމެރާ ބޭނުންކުރަން ފެށި ދުވަހު ކޮމިޝަނާ އޮފް ޕޮލިސް ސީޕީ ހަމީދު ވިދާޅުވީ ބީޑަބްލިއުސީގެ ސަބަބުން ފުލުހުން އާންމުންނާ މުއާމަލާތް ކުރުން ރަނގަޅުކުރުމަށާއި ބާރުގެ ބޭނުން ނަހަމުގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށް ބީޑަބްލިއުސީ އަކީ މުހިންމު ވަސީލަތަކަށް ވެގެންދާނެ ކަމަށެވެ. އަދި މިއީ އާންމުންގެ އިތުބާރު ހޯދުމަށް ކުރެވޭ އިތުރު ކަމެއް ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް