މިއީ މި ބަލީގައި އެ ރަށުން މަރުވި ފުރަތަމަ މީހާ އެވެ.
މިއަދު މަރުވީ ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 98 އަހަރުގެ ދިވެހި ފިރިހެނަކެވެ. އޭނާ ހޮސްޕިޓަލަށް ގެންދިއައީ ހެނދު 9:00 ހާއިރު އެވެ.
މިވަގުތު ފުވައްމުލަކު ސިޓީ އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި އެ ސިޓީގައި ބަލި ޖެހިފައި ތިބި 53 އެކްޓިވް ކޭސް އެބިއްބެވެ.
މި މަރާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 222 އަށް ވަނީ އަރާފައެވެ.