ads
ބިހި ފިލުވާލަން ހިކަނދިފަތް މާސްކު އަޅަން ކެރޭނެތަ؟
ހިކަނދިފަތަކީ އާންމުކޮށް ކާއެއްޗެހީގެ ރަހަމީރު ކުރުމަށްޓަކަައި އަޅާ އެއްޗެއް ކަމުގައި ވިޔަސް ހިކަނދިފަތް މިވަނީ، ނަލަވުމަށް ވެސް ބޭނުން ކުރެވޭ އެއްޗެއްގެ ގޮތުގަ އެވެ.
ހިކަނދިފަތަކީ އާންމުކޮށް ކާއެއްޗެހީގެ ރަހަމީރު ކުރުމަށްޓަކަައި އަޅާ އެއްޗެއް ކަމުގައި ވިޔަސް ހިކަނދިފަތް މިވަނީ، ނަލަވުމަށް ވެސް ބޭނުން ކުރެވޭ އެއްޗެއްގެ ގޮތުގަ އެވެ.

މިގޮތުން ހިކަނދިފަތުގެ ފޭސްމާސްކަކީ މޫނުގައި ނަގާ އޮށާޅަ ފަދަ ބިހި ނެގުމުގެ ފަރުވާއެއް ކަމުގައި ވެއެވެ. މިކަމަށްޓަަކައި އަމިއްލައަށް ގޭގައި ވެސް ހިކަނދިފަތުން މާސްކު ތައްޔާރުކޮށްލެވޭނެ ބައެއް ގޮތްތަކަކީ މިއީ އެވެ.

1- ހިކަނދިފަތާއި ލުނބޯ މާސްކު

އެއްކޯނި ނުވަތަ ހައެއްކަ ހިކަނދިފަތް ބްލެންޑު ކުރުމަށް ފަހު ބައި ސަމްސާ ލުނބޯ ހުތާއި އެއްކޮށްލާށެވެ. މި ޕޭސްޓް މޫނުގައި ހޭކުމަށް ފަހު ފަނަރަ ވަރަކަށް މިނިޓް ބެހެއްޓުމަށް ފަހު ދޮވެލާށެވެ. މިއީ މޫނުގައި ނަގާ ބިހީގެ ސަބަބުން ލާފައި ހުންނަ ލަކުނުގެ ކުލަ ފަނޑުކޮށްދީ ބިހިނެގުން މަދުކޮށްދޭ މާސްކެކެވެ. މި މާސްކު ހަފްތާއަކު ދެފަހަރު ނުވަތަ ތިން ފަހަރު ބޭނުން ކުރެވިދާނެ އެވެ.

2-ހިކަނދިފަތާއި ރީނދުލުގެ މާސްކު

އެއްކޯނި ނުވަތަ ހައެއްކަ ހިކަނދިފަތް ބައި ސަމްސާ ރީނދުލާއި އެއްކޮށް ބްލެންޑު ކުރާނީ އެއް ސަމްސާ ފެން އަޅައިގެންނެވެ. މި ޕޭސްޓް ތައްޔާރުވުމުން މޫނު ސާފުކުރުމަށް ފަހު މޫނުގައި އުނގުޅާފައި 10 މިނިޓް ބެހެއްޓުމަށް ފަހު ދޮވެލާށެވެ. ރީނދުލުގައި ހިމެނޭ އެންޓި ބެކްޓީރިއަލް މާއްދާތަކާއި ހިކަނދިފަތާއި އެއްވުމުން ހަންގަޑު ސާފްކޮށްދީ ބިހި ނެގުމުން ރައްކާތެރިކޮށްދެ އެވެ. މިއީ ކޮންމެ ދުވަހަކު ވެސް ބޭނުން ކުރެވިދާނެ މާސްކެކެވެ.

ހިކަނދިފަތް މާސްކުތަކުން ވަސް ދުވި ނަމަވެސް މިއީ މޫނުގައި އަޅާލަން ވަރަށް ރަނަގޅު އެއްޗެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް