ads
ކޮޗިން އާއި ރާއްޖެ އާއި ދެމެދު މުދާ އުފުލާ ކާގޯ ފެރީއެއް--- ފޮޓޯ: އެމްއެސްއެސް
ކޮޗިން ފެރީން ލަންކާއިން މުދާ ގެނެވޭގޮތް ހަމަޖައްސައިފި
އިންޑިއާއާއި ރާއްޖެއާ ދެމެދު މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމް.އެސް.އެސް) އިން ބާއްވަމުން އަންނަ ކޮޗިން ފެރީން ލަންކާއިން މުދާ ގެނެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމް.އެސް.އެސްއިން ބުނެފައިވަނީ މި ބަދަލާއެކު ފެރީ އިންޑިއާގެ ކޮޗިންއިން ފުރައިގެން ފެރީ ދަތުރު ކުރާނީ ސްރީ ލަންކާގެ ކޮލޮމްބޯއަށް ކަމަށެވެ. އަދި ފެރީ ރާއްޖެއަށް ދާނީ ކޮލޮމްބޯއިން މުދާ ބަރުކޮށްގެން ކަމަށެވެ. 

އެމް.އެސް.އެސްއިން ބުނީ މި ގެނެވުނު ބަދަލާއެކު ވިޔަފާރިވެރިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށާއި މި ބަދަލު ގެނައުމުގައި ހައި ކޮމިޝަނާއި، އިންޑިއާ ސަރުކާރުން ވެދެއްވި އެހީފާހަނގަކޮށް ޝުކުރުވެރިވާ ކަމަށެވެ.

އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް ކޮޗިން ފެރީގެ ދަތުރުތައް ފެށީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އެވެ. އޭގެ ފަހުން ފެރީގެ ހިދުމަތް ފުޅާކޮށް މިހާރު މިހާރު ދަނީ ކުޅުދުއްފުއްޓަށާއި އައްޑޫއަށް ވެސް ދަތުރުތައް ބާއްވަމުންނެވެ. މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ އަތޮޅު ތެރޭގައި މުދަލުގެ އަގުތަކަށް ވަނީ ހެޔޮބަދަލުތަކެއް އައިސްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް