ހަބަރު /
އެހީގެ ފަންޑަށް 2.5 މިލިއަން ރުފިޔާ ލިބިއްޖެ
07 އޮކްޓޯބަރ 2019 - 09:22:58
މިދިޔަ މަހު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހުޅުވި އެހީ ފަންޑަށް 2.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެހީ ފަންޑު އިއްޔެ ހަވީރު 4:00 ގައި ވަނީ ބަންދުކޮށްފަ އެވެ. އެގޮތުން ބަންދު ކުރިއިރު ޖުމްލަ 2،528،833.37 ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެ އެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ނުކުރެވި ގޮސް ވަނީ ހަތަރު ގުދަނަކާއި ހަތް ގެއަކަށް ވަރަށް ބޮށް ގެއްލުންވެފަ އެވެ.
އެ ހާދިސާގައި އެތައް ބަޔަކު ހާލުގައި ޖެހުނުއިރު އޭރު އެމީހުންނަށް ވަގުތީ ހިޔާއިން ބޯހިޔަވާހިކަން ފޯރުކޮށްދިނެވެ. އަދިވެސް ބައެއް މީހުން ވަގުތީ ހިޔާގައި ތިބިއިރު އަނެއް ބަޔަކު ވަނީ އެމީހުންގެ ގެތަކަށް ބަދަލުވެފަ އެވެ.
އެ ސަރަހައްދުގެ ތިން ގެއެއް މީހުން ނޫޅެވޭ ވަރަށް ގެއްލުންވެފައި ވާތީ އެ ތިންގެ ވަނީ ތަޅާލާފަ އެވެ. އަލިފާނުގައި ގެއްލުންވި މީހުންނަށް އަމިއްލަ ގޮތުންނާއި ކުންފުނިތަކުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް