ads
މާފުށީ ޖަލު--
ޖަލުތަކުން ވަޅިއާއި ދަނގަނޑުބުރި ހިމެނޭގޮތައް ގިނަ އަދަދެއްގެ މަނާތަކެތި އަތުލައިގަންފި!
އައްސޭރި ޖަލާއި މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަންތަކެއްގައި ވަޅިއާއި، ދަނގަނޑުބުރި ހިމެނޭގޮތައް ގިނަ އަދަދެއްގެ މަނާތަކެތި އަތުލައިގަންފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ކޮމިޝަނަ އޮޕް ޕްރިސަސަން އަހްމަދު މުހައްމަދު ވިދާޅުވީ، އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހަފްތާއިން ފެށިގެން ކަމަށެވެ. ކައިރިކައިރީގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންތަކުގައި މިއަދު ވެސް ވަނީ ގިނަ އަދަދެއްގެ މަނާތަކެތި އަތުލައިގަނެވިފަ ކަމަށް ކޮމިޝަނަރު އަހްމަދު ވިދާޅުވިއެވެ. 

އެ އޮޕަރޭޝަންތަކުގައި މިހާތަނަށް އަތުލައިގެންފައިވާ މަނާތަކެތީގެ ތެރޭގައި، ވަޅިއާއި، ދަގަނޑުބުރިތަކެއްގެ އިތުރުން، ޕެންޑްރައިވް އަދި ތަޅުދަނޑި ޒާތައް ފަރުމާކޮށްފައިވާ އެއްޗެއްވެސް ހިމެނެއެވެ. 

މީގެ އިތުރުން ގިނަ އަދަދެއްގެ ފޯނާއި، ހެޑްސެޓް އަދި ކޭބަލް ފަދަ ތަކެތިވެސް ވަނީ އަތުލާގަންފައެވެ. އަތުލާގަންފައިވާ ފޯނުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ސްމާޓް ފޯނުވެސް ހިމެނެއެވެ. 

ކޮމިޝަނަރު އަހްމަދު ވިދާޅުވީ، ޖަލުތަކަށް މަނާތަކެތި ވައްދާ މައްސަލައަށް ހައްލެއް ހޯދެންދެން އަވަސް އަވަހަށް އަދިވެސް އިތުރު އެފަދަ އޮޕަރޭޝަންތައް ޖަލުތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ. 

ޖަލުގައި ތިބޭ ގައިދީންނަށް، ޖަލުގެ ތެރޭގައި ފޯނު ގެންގުޅުމަކީ މަނާކަމެކެވެ. އާއިލާގެ މީހުންނާއި ބައްދަލުކުރުމާއި ވާހަކަދެއްކުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ކަރެކްޝަންގެ ބެލުމުގެ ދަށުން އެތަނުގެ ތެރޭގައި އޮންނަ އިންތިޒާމުތަކެއްގެ ދަށުންނެވެ. އެހެންނަމަވެސް ދޭތެރެދޭތެރެެއިން ޖަލުތަކުން އަދި ޖަލުތަކަށް ވައްދަން އުޅެނިކޮށް މަސްތުވާތެކެއްޗާއި، މޯބައިލް ފޯނު އަތުލައިގަނެއެެވެ. 

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ވަނީ ޖަލަށް ވެއްދުމަށްޓަކައި ޕޮޓުކޮއްފައިވާ މަސްތުވާތަކެއްޗާއި، މޯބައިލް ފޯނުތަކެއް އަތުލައިގަންފައެވެ.

މީގެ އިތުރުން ވަޅިއާއި، ދަނގަނޑުބުރި ހިމެނޭގޮތައް ގިނަ އަދަދެއްގެ މަނާތަކެތި އަނެއްކާވެސް އަތުލައިގަންފައިވާއިރު، ކްޝަންސްގެ ބައެއް މުވައްޒަފުންނާއި މުދަލާއި އިމާރާތަށް މިދިޔަ އަހަރު މާރިޗު 14 ވަނަ ދުވަހުގެ ރޭ ވަނީ ހަމަލާދީ، މާލެ ޖަލާއި މާފުށި ޖަލުގައި ވެސް ހަމަނުޖެހުން ހިންގުމަށް ފަހު، އޮފިސަރުންނަށް އިންޒާރު ދީފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް