ads
މީރާ- ފޮޓޯ:ސޯޝަލްމީޑިއާ
މީރާއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި
މީރާއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.

މީރާގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ. މިއީ، މީރާ ކްލަބާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހެނދުނު 9:00 އިން މެންދުރު 2:30 އަށް، މޯލްޑިވިއަން ބްލަޑް ސަރވިސަސްގައެވެ. މި ޕްރޮގްރާމުގައި މީރާގެ ގިނަ މުވައްޒަފުން އަދި އާންމުންގެ ފަރާތްތަކުން ބައިވެރިވެ ލޭ ހަދިޔާކޮށްފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި، ކޮވިޑް-19 އާއި ގުޅިގެން މި ދިމާވެފައިވާ ހާލަތުގައި، މީރާއިން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއި އެކީގައި ކަމަށް މީރާއިން މައުލޫމާތުދެއެވެ.

ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތަކީ 2013 ވަނަ އަހަރުން ފެށިގެން މީރާއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް