ads
ވީޑިއޯ ރިޕޯޓް:
ބޮޑު ކެކުރި އާއި ކުޑަ ކެކުރީގެ އުސޫލު!
މޭމަހުގެ ހަ ވަނަ ދުވަހެވެ. 1442 ވަނަ އަހަރުގެ ރޯދަ މަހުގެ ފަހު ދިޔައެކެވެ. ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެ ރޭގެ އިރާކޮޅު ބޮމެއް ގޮއްވާލައިގެން ދެވެނުނު ހަމަލާގައި ބޮޑެތި ޒަހަމްތަކެއް ލިބި ވަޑައިގަތެވެ. އެ ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އޭޑީކޭ ހޮސްޕިޓަލްގައި ގިނަ އޮޕަރޭޝަންތަކެއް ކުރިއެވެ.

އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވާގޮތުން ބޮން ގޮއްވާލުމާއެކު ބުރަ ބުރައިގެން ދިޔަ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހިތައް ނުވަދެ ހުރީ ކުޑަ ސެންޓި މީޓަރެއްހާ ތަންކޮޅެކެވެ.

ރައީސް ނަޝީދުގެ ފުރާނަ ސަލާމަތް ކުރެވީ އޭޑީކޭގެ ގުޅިފައިވާ ޑޮކްޓަރުންގެ ޓީމަކުން ކުރި ބުރަ މަސައްކަތުންނެވެ.

މި ހަމަލާ ދީފައިވަނީ ރައީސް ނަޝީދުގެ އުފަން ގެ ކޮޅުކަމުގައިވާ ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމާއި، މަޖީދީ މަގާއި ގުޅުނު ކަންމަތީގައި ހުރި ސައިކަލެއް ގޮއްވާލައިގެންނެވެ.

އެ ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން ބައެއް ދިވެހިންނާއި އިނގިރޭސި ވިލާތުގެ ރައްޔިތަކަށް ވެސް ގެއްލުންތަކެއް ލިބުނެވެ.

މި ހަމަލާފައި ޒަމަހަމްވި އުމުރުން 41 އަހަރުގެ ހދ. ވައިކަރަދޫ، އާދަމް އުމަރު ފަރުވާ ހޯދުމަށް އެހީއަށް ވެސް އެދުނެވެ.

ދިވެހި މީހާ ބޭސް ފަރުވާއަށް ސަލާން ޖަހަމުން ދިޔައިރު، ބޭސް ފަރުވާއަށް ސަލާމް ޖެހުން ހުއްޓާލުމުގެ ވައުދުވެސް 2008 ވަނަ އަހަރު ވެވަޑައިގެންނެވި، ރައީސް މުހައްމަދު ނަޝީދު ހުންނެވީ ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނު ވިލާތުގައެވެ.

އެ ހަމަލާއަށް ތިން މަސް ފުރުނީ މި ހިނގާ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހުއެވެ.

ފާއިތުވީ ތިން މަސް ދުވަހުގެ ތެރޭގައި ކަން ހިނގައިދިޔަގޮތާއި މެދު ވިސްނާލަމާތޯ؟ އެވެ.

ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލެ ސިޓީގެ އެންމެ ބޮޑު މަގުކަމުގައިވާ މަޖީދީ މަގުގައި ދެވުނު ހަމަލާގެ ޓާގެޓަކީ ރައީސް މުހައްމަދު ނަޝީދު ނަމަވެސް، މަޖީދީ މަގުގައި ބޮމެއް ގޮއްވާލައިގެން ދެވޭ ހަމަލާއެއްގެ ޝިކާރަކަށް  ނުވާނެ ހަމަ އެންމެ ދިވެހި ރައްޔިތަކުން ނުހުންނާނެއެވެ. ސަބަބަކީ މަޖީދީ މަގުގައި ހަމަލާދީފައިވާއިރު، އެ މަގަކީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކޮންމެވެސް ބޭނުމެއްގައި ކޮންމެވެސް ގޮތަކަށް ބޭނުން ކޮށްފައިވާ ނުވަތަ ކޮންމެވެސް ދުވަހަކުން ބޭނުންކުރަން ޖެހޭނެ މަގަކަށް ވާތީއެވެ.

މި ނުރައްކާތެރިކަން މުޅި ދިވެހިރައްޔިތުންނަށް އޮތް ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ވެސް ކުރިއަށް ގެންދިޔައީ އެ މަޖިލީހުގެ ރައީސްގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެވެ. ދިވެހި ރައްޔިތުންގެ ސެކިއުރިޓީ ބްރީޗްވި ގޮތާއިމެދު ފަރުވާލެއް ނެތެވެ.

ބޮޑުވާ ބިއްލޫރި އަޅައިގެން ބަލަމުން ގެންދިޔައީ، ނަޝީދަށް މިފަދަ ހަމަލާއެއް ދެން ނުދެވޭނެގޮތް ހެދުމަށެވެ.

ކެނެރީގޭގައި އުޅުއްވި ނަޝީދު މަޖިލިސް ރައީސް ކަމުގައި ހުންނެވިހާ ދުވަހަކަށް އެ މަނިކުފާނަށް ގެ ކޮޅުވެސް ހަމަޖެހޭނެއެވެ. ދެން އެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް ވެސް ދިރިއުޅުއްވާނެ ރަސްމީ ގެ ކޮޅުވެސް ހަމަޖެހޭނެއެވެ.

ރައީސް ނަޝީދު އެނބުރި ވަޑައިނުގެން ހުންނެވި މައިގަނޑު އެއް ސަބަބަކީ ވެސް، މަޖިލީހުން ހެދި އެންކުއަރީގައި ހުރި ކަންކަން ފުރިހަމަވިކަމުގެ ޔަގީންކަން އަދި ލިބި ވަޑައިނުގަތުމެވެ.

އެ މަނިކުފާނަށް އަމާޒުކޮށް ދެވުނު ހަމަލާ އާއި އެކު ތިލަވި އެއް ވާހަކައަކީ ރައީސް ނަޝީދު އޭރު ދިރިއުޅުއްވި ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމައި ޕާކު ކޮށްފައި ހުރި ސައިކަލުތައް ނެގުމަށް އެމްއެންޑީއެފްގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގައި އެދިފައިވާކެމެވެ. މި އެދުން އެދިފައިވީނަމަވެސް، ހަމަލާ ދެވުނު ދުވަހާއި ހަމައަށް ވެސް އެ ގޯޅީގައި ޕާކު ކުރުން މަނައެއް ނުކުރެއެވެ. ނަމަވެސް އޭގެ ދުވަސް ކޮޅެއް ފަހުން އެ ގޯޅިއާއި 30 ވަރަކަށް މީޓަރު ދުރުގައި ހުރި ބިއްލޫރި ޖެހިގޭ ގޯތި ތެރޭގައި ޕާކިން ޒޯނެއް ގާއިމް ކުރެވި، ނީލޯފަރު މަގުގައި ޕާކު ކުރުން މަނާކުރި އެވެ. މިއާއެކު އެ މަގުގައި ދުއްވުމަށާއި، ހިނގާ ބިނގާ އުޅުމަށް ވެސް ވަނީ ލުއިތަކެއް ލިބިފައެވެ.

ނަމަވެސް މި ހިނގާ އޮގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ބަޔަކު މިވަނީ އަނެއްކާވެސް ބިއްލޫރި ޖެހިގޭ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކަށް ގެއްލުން ދީފައެވެ. ބައެއް ސައިކަލުތަކުގެ މަޑި ކަފާލައިގެން ވައްކަން ވެސް ކޮށްފައެވެ.

މި ހާދިސާއިން ވެސް ދޭހަވާ އެއްކަމަކީ މޭ މަހުގެ ހަ ވަނަ ދުވަހު ދެވުނު ހަމަލާއިން ރައްކާތެރިކަން ހޯދުމަށް ފިޔަވަޅުތަކެއް އެޅުނީ ރައީސް ނަޝީދަށް އަމާޒުކޮށް އެކަނިކަމެވެ.

ޖުމްލަގޮތެއްގައި ބުނާނަމަ މޭ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ފާއިތުވީ ތިން މަސް ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުން ތިބީ ހަމަ ތިބި ހާލުގައެވެ. ރައްޔިތުންނަށް އަދިވެސް އޮތީ ބޮޑު ކެކުރިއާ ކުޑަ ކެކުރީގެ އުސޫލެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް