ads
ވީނަސް:
ވީނަސްގެ އޯބިޓަށް އުޅަނދެއް ވަންނަނީ
ޔޫރަޕިއަން ސްޕޭސް އޭޖަންސީގެ އުޅަންދެއް ވީނަސްގެ އޯބިޓަށް ވަނުމުގެ މަސައްކަތް ފަށައިފިއެވެ.

ޔޫރަޕިއަން ސްޕޭސް އޭޖަންސީން ބުނެފައިވާގޮތުން އެ އުޅަނދު ވަނީ އޯބިޓަށް ވަނުމުގެ ކުރިން  ވީނަސް ވަށައި ދެ ބުރުޖަހައިފައެވެ. އެއީ އުޅަނދު ވަނުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލުމުގެ ބޭނުމުގައެވެ. 


އެ އުޅަނދަކީ "ސޯލާ އޯބިޓާ" ގެ ނަމުން ނަން ދީފައިވާ އުޅަންދެކެވެ. އަދި މި އުޅަނދަކީ އިންސަނަކާއި ނުލާއި އުދުހޭ އުޅަނދެކެވެ. އުޅަނދު ކޮންޓްރޯލް ކުރަނީ ދުނިޔޭގައި ތިބެގެންނެވެ. 

"އުޅަންދު ދެ ބުރު ޖަހާފައިވާއިރު، އެ އުޅަނދު މަސައްކަތް ކުރަމުން އަންނަނީ ވީނަސްގެ އޯބިޓަށް ވަދެ މަޑުކުރުމަށް،" -ޔޫރަޕިއަން ސްޕޭސް އޭޖަންސީ-

މި މަސައްކަތް ކުރާއިރު ވީނަސްގެ ގްރެވިޓީގެ ބޭނުން ވެސް އުޅަންދުން ހިފުމަށް ވަނީ ހަމަޖެހިފައެވެ. އެ ޕްލެނެޓުގެ އޯބިޓުގައި އުޅަނދު އޮންނާނީ ވީނަސްގެ ގްރެވިޓީގެ ބާރުގައެވެ. 

your imageވީނަސްގެ އޯބިޓަށް ވަނުމަށް މަސައްކަތް ކުރާ އުޅަނދު

މި މަސައްކަތް ކުރިއަށް އޮތް 24 ގަޑީރު ތެރޭގައި ފެށުމަށް ވަނީ ނިންމާފައެވެ. 


"ސޯލާ އޯބިޓާ" ގެ ބޭނުމަކީ އިރާއި ގުޅޭގޮތުން ހޯދުންނާއި ސޯލާ ސިސްޓަމާއި ގުޅޭގޮތުން ހޯދިފައިވާ ހޯދުންތައް އިތުރަށް ދިރާސާކޮށް އާ ހޯދުންތައް ހޯދުމެވެ. 


ސޯލާ އޯބިޓާގެ އިތުރުން ވެސް ޔޫރަޕިއަސް ސްޕޭސް އޭޖަންސީގެ އެހެން އުޅަނދުތައް އަންނަނީ އިތުރު ޕްލެނެޓްތަކާއި ގުޅޭ ހޯދުންތައް ވެސް ހޯދުމުންނެވެ. 


ވީނައަސް އަކީ ސޯލާ ސިސްޓަމުގެ މެދުގައިވާ ޕްލެނެޓެކެވެ. އެ ޕްލެނެޓުގައި މި އުޅަނދު ބަނދަރު ކުރުމުގެ ބޭނުމަކީ ވެސް އިރާއި ގުޅޭގޮތުން ހޯދާ ހޯދުންތަކަށް ފަސޭހަކޮށްދިނުމެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް