ads
މައްޗަންގޮޅި ސަހަރާ ފޮޓޯ:-- ސަން
މައްޗަންގޮޅިގައި 15 ބުރީގެ ޕާކިން އިމާރާތެއް އަޅަނީ
މައްޗަންގޮޅީގައި 15 ބުރީގެ މިކްސް ޔޫސް ޕާކިން އިމާރާތެއް އެޅުމުގެ މަސައްކަތް ފަށަން ނިންމާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
Advertisement

ޕާކިން އިމާރާތުގެ ވާހަކަ ރައްޔިތުންނާއި ހިއްސާ ކުރެއްވީ އިއްޔެ ރޭ ސިޓީ ކައުންސިލުން ރައްޔިތުންނާއިއެކު ބާއްވަމުންދާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން މައްޗަންގޮޅި ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ. 

މިކަން ހާމަ ކުރައްވަމުން މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ވިސްނުމުގައި ކުރައްވާ ކަމެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ދައުލަތާއި ކައުންސިލްގެ ބަޖެޓުން ހަރަދު ނުކޮށްވެސް ގޮތެއް ހޯދައިގެން ނޫނީ މައްސަލަ ހައްލު ނުކުރޭވެނެ ކަމަށެވެ.

މޭރަޔު ވިދާޅުވީ 15 ބުރީގެ ޕާކިން ޒޯނު އެޅުމަށް މިހާރު ނިންމާފައިވަނީ މައްޗަންގޮޅި ސަހަރާ ހުރި ބިމުގައި ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ކުރަން ރައްޔިތުން ބޭނުންނުވާ ނަމަ މައްޗަންގޮޅީގައި ސަރުކާރަށް ދޫކޮށްފައިހުރި އެހެން ބިންތައް ވެސް އެބަހުރި ކަން އޭނާ ފާހަނގަކުރެއްވި އެވެ. 

މާލޭ ސިޓީގެ ޕާކިންގެ މައްސަލަ ހައްލުކޮށް އަމާން ވެއްޓެއް ގާއިމު ކުރެއްވުމަކީ މޭޔަރު މުއިއްޒު ކެމްޕެއިން ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް