ads
ރިއާ ޗަކްރަބޯޓީ
އަހަރަކަށް ފަހު ޕްރޮފެޝަނަލް ޝޫޓިން އެއްގެ ފޮޓޯއެއް ރިއާ ހިއްސާކޮށްފި
ބޮލީވުޑުގައި އަރަމުން އަންނަ ތަރި ރިއާ ޗަކްރަބޯޓީ އަހަރަކަށް ފަހު ފުރަތަމަ ފަހަރަށް ފްރޮފެޝަނަލް ފޮޓޯ ޝޫޓިން އެއްގެ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފިއެވެ.

ރިއާގެ ކުރީގެ ލޯބިވެރިޔާ ސުޝާންތު ސިންގ ރާޖްޕުތުގެ މަރާއި ގުޅިގެން އަހަރެއްހާ ދުވަހު ސޯޝަލް މީޑިއާ އާ ދުރުގައި އުޅުމަށް ފަހު ރިއާ އަނެއްކާވެސް މިހާރު ފެނިގެން ދަނީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ތަރިއެއްގެގޮތުގައެވެ.

ސްޝާންތުގެ މަރާއި ގުޅިގެން ސްޝާންތުގެ އާއިލާ އަދި ފޭނުން އަންނަނީ ރިއާ އާއި ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލާ ރިއާ ބޭންކުރުމަށް ގޮވާލަމުންނެވެ. އަދި މީގެ އިތުރުން 2020 ވަނަ އަހަރުގައި ރިއާ ވަނީ ސްޝާންތުގެ މަރުގެ މައްސަލައިގެ ތެރެއިން ފެންމަތިވި ބޮލީވުޑްގެ ޑްރަގް ނެޓްވޯކުގެ މައްސަލައިގަ ހައްޔަރު ވެސް ކޮށްފައެވެ. 

މި މައްސަަލަތަކާއި ގުޅިގެން ރިއާ ސޯޝަލް މީޑިއާ އާ ދުރުވި ނަމަވެސް މިހާރު ފެންނަނީ ވަރަށް އެކްޓިވްކޮށެވެ. އެގޮތުން ރިއާ ވަނީ އަންގާރަ ދުވަހު ފޮޓޯ ޝޫޓެއްގެ ތެރެއިން ފޮޓޯއެއް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮއްފައެވެ. 

މި ފޮޓޯގައި ރިއާ ފެނިގެން ދިޔައީ ހުދު އަދި ފެހި ކުލަ އެކުލެވޭ ސާރީ އެއްގައެވެ. ސާރީގެ އެއް ފަރާތަކުން ހުރީ ފަޅާފައެވެ.

ރިއާގެ މި ފޮޓޯ އަށް ވަނީ ދެ ލައްކައަށްވުރެ ގިނަ މީހުން ލައިކް ކޮއްފައެވެ. ި ފޮޓޯގެ ކެޕްޝަންގައި މަލަކާއި އެކު "ތަހަރަވް - ސްޓޭ" ލިޔެފައިވެއެވެ. މި ފޮޓޯގެ އިތުރުން ރިއާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި މި ފޮޓޯޝޫޓިން އެއްގެ ތެރެއިން ނަގާފައިވާ އޭނާގެ ފުލް ފޮޓޮއެއްވެސް ހިއްސާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް