އިނގިރޭސި ވިލާތުގެ ޕޮލީ ނެޓްވާކުން ބުނެފައިވަނީ ހެކަރުން ވަގަށް ނަގާފައިވަނީ 600 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ކަރަންސީ ކަމަށެވެ.
މިއީ މިހާތަނަށް ދުނިޔޭގައި ކްރިޕްޓޯ ކަރަންސީ މިހާ ގިނައަދަދަކަށް ވަގަށް ނެގި ފުރަތަަމަ ފަހަރެވެ.
އެ ވެބްސައިޓުން ބުނެފައިވަނީ ހެކަރުން އެމީހުންގެ ސެކިއުރިޓީގެ ބަލިފައެއް ހޯދައިގެން ވައްކަން ކޮށްފައިވާކަމަށެވެ.
މިހާ ގިނަ ފައިސާ ވަގަށް ނެގި ނަމަވެސް، އެމީހުން ވަނީ ފަހުން އެ ފައިސާ އަލުން އަނބުރާ ރައްދުކުރަން ފަށާފައެވެ.
މި މައްސަލަ އެގައުމުގެ ފުލުހުން ވަނީ ބަލަން ފަށާފައެވެ.
މިކަމާއި ގުޅިގެން ޕޮލީ ނެޓްވާކުން ބުނެފައިވަނީ އެތައް ހާސް ބައެއްގެ ފައިސާ ވަގަށް ނަގާފައިވާކަމަށެވެ.