ads
ސައުދީން ޔަމަނަށް ފޮނުވާފައި އޮތް ތެޔޮ ބޯޓެއް:
ޔަމަނުން ތެޔޮ ހުސްވެއްޖެ
އަރަބި ކަަރައިގެ ގައުމެއް ކަމަށްވާ ޔަމަން އިން ތެޔޮ ހުސްވެއްޖެއެވެ.

ތެޔޮ ހުސްވުމުގެ ސަބަބުން ވިޔަފާރިވެރިން އަންނަނީ ދަރު އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

ޔަމަނުން ތެޔޮ ހުސްވުމުގެ ސަބަބުން ދަރަށް ގިނަ ބަޔަކު އަންނަނީ ބަރޯސާ ވަމުންނެވެ. 

މިހެންކަމުން ގިނަ ބަޔަކު އަންނަނީ ޖަންގަލިތަކަށް ވަދެ ގަސް ކަނޑައި ލަކުޑިން ދަރު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. 

ކެއްކުމަށާއި، ހޫނުކަން މަތީ ތިބުމަށް ގިނަ އަދަދެއްގެ ބަޔަކު އަންނީ ދަރުގެ ބޭނުން ހިފަމުންނެވެ. މިހެންކަމުން ދަރު ވިއްކާ މީހުން އަންނީ އެ ގަމުގައި ގިނަވަމުންނެވެ. 

ޔަމަނުން ޔެތޮ ހުސްވެފައިވާއިރު، ސައުދީ އަރަބިއްޔާ އިސްނައިގެން އުފައްދާފައިވާ އަސްކަރީ ކޯލިޝަނަކުން އަންނަނީ ޔަމަނުގެ ހޫތީންނާއި ހަނގުރާމަ ކުރަމުންނެވެ. 

މި ހަނގުރާމައިގެ ސަަބަބުން ޔަމަނުގެ އެތައް މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. 

މި ދުވަސްވަރު ގިނަ އަދަދަކަށް ގަސް ކަނޑާތީ ޔަމަނު ހަނަފަސް ސަހަރާއަކަށް ބަދަލުވެދާނެކަމުގެ ބިރު ވެސް އަންނީ ބޮޑުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް