އެމްއެންޑީއެފް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މޭޖަ އާޒިމް އިބްރާހިމްގެ ބަދަލުގައި 11 އޯގަސްޓު 2021 ވަނަ ދުވަހުން ފެށިގެން ކެޕްޓަން ހަނާ މުހައްމަދު އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އާޒިމް މަގާމުން ވަކިކުރެއްވީ ކީއްވެ ކަމެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ. މިކަމާއި ގުޅިގެން އާޒިމް ވެސް އަދި ވަކި ބަހެއް ވިދާޅެއް ނުވެއެވެ.
އެހެން ކަމުން އާޒިމް ދެން ހުންނާނީ އެމްއެންޑީއެފްގެ ކޮން މަގާމެއްގައި ކަމެއް ވެސް އަދި ނޭންގެއެވެ.
މީޑިއާތަކަށް ގާތްކަމެއް ބޭއްވި އާޒިމް މަގާމުން ވަކިކޮށް ކެޕްޓަން ހަނާ އެ މަގާމަށް އައްޔަނު ކުރި އިރު އެއީ އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކަމަށް ހަމަޖެއްސެވި ފުރަތަމަ އަންހެން ސިފައިންގެ ކަނބަލެވެ.