އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އޯލެވެލް ނަތީޖާތައް ސެންޓަރުތަކަށް ދޫކުރަން ފެށީ މިއަދު ހެނދު 10:00 ގައި ކަމަށެވެ. އަދި އެސްއެސްސީ ނަތީޖާތައް ދޫކުރަން ފަށާނީ މިއަދު މެންދުރު ފަހު 1:00 ގައި ކަމަށެވެ.
މިނިސްޓްރީން ވިދާޅުވީ ދަރިވަރުންނަށް ނަތީޖާ ދޫކުރުމުގެ ކަންކަން ކުރަމުން ގެންދާނީ ސެންޓަރުތަކުން ކަމަށާއި ނަތީޖާ ދޫކުރާނެ ގަޑިއަކާއި ތާރީހެއް ކަނޑައަޅާނީ އެ ސެންޓަރަކުން ކަމަށެވެ.
މިއަހަރުގެ އިމްތިހާންގައި ޖުމްލަ 5،955 ދަރިވަރުން ބައިވެރިވެފައިވެ އެވެ. މާލޭގެ 22 ސެންޓަރަކާއި އަތޮޅު ތެރޭގެ 213 ސެންޓަރެއްގަައި މިފަހަރުގެ އިމްތިހާނު ކުރިއަށް ގެންގޮސްފައިވެއެވެ.