މި ތުހުމަތުތައް އެނެމް ފުރަތަމަކޮށްފައިވަނީ ކުރިން މޮޑެލްކަން ކުރަން އުޅުނު މިހާރު އުމުރުން 40 އަހަރުގެ އަންހެނެކެވެ.
ކާރވް ސްޓޮން ނަމަކަށް ކިޔާ މީހާ ބުނެފައިވަނީ ޖެރާލްޑް މެރީ އޭނާގެ އުމުރުން 17 އަހަރުގައި ގަދަކަމުން ރޭޕް ކޮށްފައިވާ ކަމަށެވެ.
ކާރވް ސްޓޮން ވަނީ އެ މައްސަލަ ނިއުޔޯކްގެ "ޗައިލްޑް ވިކްޓިމްސް އެކްޓް" ގެ ދަށުންނެވެ.
އޭނާ ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ ރޭޕްކޮށްފައިވަނީ 1980 ވަނަ އަހަރާއި 1990 ވަނަ އަހަރާއި ދެމެދު ކަމަށެވެ.
މި މައްސަލަ ފެންމަތިވުމާއި ގުޅިގެން އިތުރުން ވެސް 11 އަންހެނަކު ވަނީ ޖެރާލްޑް މެރީ އާއި ދެކޮޅަށް ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރިކަމިގެ ތުހުމަތު ކޮށްފައިވާކަމަށް ފްރާންސްގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.