ads
ނައިފަރުން އަތުލައިގަތް މަސްތުވާތަކެތި ފޮޓޯ:-- ޕޮލިސް މީޑިއާ
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ނައިފަރުން ފަސް މީހަކު ހައްޔަރުކޮށްފި
ގިނ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ނައިފަރުން 5 މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނޯތު ޕޮލިސް ޑިވިޜަން އަދި ސީން އޮފް ކްރައިމް އޮފިސަރސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

އޮޕަރޭޝަނުގައި 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ދިވހެިންނެވެ. 

އެ މީހުން ތިބި ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ފަސް ދަޅާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 68 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ. 

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް