ގަލްފް އެއާއިން ބުނީ މިއަދުން ފެށިގެން ހަފްތާއަކު 7 ފްލައިޓު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ރާއްޖެއަށް އެއް ފްލައިޓު އޮންނާނެ ކަމަށް އެ އާލައިނުން މައުލޫމާތު ދެއެވެ.
ގަލްފް އެއާއިން ބުނީ ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރު ކުރަން ނިންމީ، މި ދުވަސްވަރު ރާއްޖެއަށް ދަތުރުކުރަން ބުކިން ހައްދަމުންދާ މިންވަރު އިތުރުވުމާއި ގުޅިގެން ކަމަށެވެ.
ގަލްފް އެއާއިން ރާއްޖެއަށް ދަތުރު ކުރަން ފެށީ މިއަދު ނޮވެމްބަރު މަހު އެވެ.
ކޮވިޑުގެ ރާޅަށްފަހު ރާއްޖެ އަލުން ހުޅުވާލިފަހުން ޓޫރިޒަމް ވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ. އެގޮތުން މިދިޔަ މަހު ވެސް ވަނީ ރިކޯޑު އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.