ads
އިންފޮމޭޝަން ކޮމިޝަން
އިންފޮމޭޝަން ކޮމިޝަނަރުކަމަށް ހަތަރު ނަމެއް ހުށަހަޅައިފި
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރަން ހަތަރު ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންތެރިން ރައީސް ސޯލިހު މަޖިލީހަށް ފޮނުވި ސިޓީގައި ހިމެނެއްވާފައިވަނީ ހަތަރު ބޭފުޅެއްގެ ނަމެވެ. އެއީ ކުރިން ވީމީޑިއާ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި ޝިހާމް މުހައްމަދު ވިހާދާއި، އަހްމަދު އާހިދު ރަޝީދާއި، މަރިޔަމް އަލީމް އާއި އަޒްލީމާ އަހްމަދު އެވެ. 

މީގެ ކުރިން ވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރުމަށް ރައީސް، މަޖިލީހަށް ނަންތަކެއް ފޮނުއްވާފައިވެއެވެ. ނަމަވެސް އެފަހަރު ރައީސް ފޮނުއްވި އެއްވެސް ނަމަކަށް މަޖިލީހުގެ ރުހުން ނުލިބުމާއި ގުޅިގެން އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލީ އެވެ. 

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ އެމަގާމުގައި ކުރިން ހުންނެވި ހުސެއިން ފިޔާޒް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް