ads
ރައީސް ޓްރަމްޕް އަފްގާން ރައީސް ކުރިމަތީ ވާހަކަދައްކަވަނީ
މިއީ އެމެރިކާގެ ތާރީހުގައި އެންމެ ބޮޑު ބަލި، ބައިޑެން އިސްތިއުފާ ދޭން ޖެހޭ: ޓްރަމްޕް
އަފްގާން ސަރުކާރު ވެެއްޓުމަކީ އެމެރިކާގެ ތާރީހުގައިވެސް އެންމެ ބޮޑު ބަލި ކަމަށާއި ރައީސް ޖޯ ބައިޑަން އިސްތިއުފާ ދޭން ޖެހޭ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އަފްގާނިސްތާންގެ ހާލަތާއި ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ ތާލިބާންގެ ހަނގުރާމަވެރިން މުޅި އަފްގާނިސްތާން ހިފި އިރު އެމެރިކާގެ ކޮމާންޑާ އިން ޗީފްގެ މަގާމުގައި ރައީސް ބައިޑެން މަޑުމަޑުން ބައްލަވައިގެން ހުރުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. 

އިތުރު މެސެޖެއްގައި ޓްރަމްޕް ވިދާޅުވީ އަފްގާނަށް ދިމާވާން އެ ދޫކޮށްލި ކަންތައް ބަލާފައި އާއި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެ، ބޯޑަރު ނުބެލެހެއްޓި ދޫވެ، ހަކަތައިގެ މިނިވަންކަން ގެއްލި އިގްތިސާދު ހަލާކުވެ ދާއިރު ކިރިޔާވެސް ލަދެއް ހުރި ނަމަ ރައީސް ބައިޑަން އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.  

ބައިޑެން އެހެން ކަންތައް ކުރުމުން ހައިރާން ނުވާކަން ހާމަކޮށް ޓްރަމްޕް ވަނީ ބައިޑެންގެ ވެރިކަމާ ހަވާލުވި ގޮތާއިމެދު ގާނޫނީ ގޮތުން ޝައްކު އުފައްދާފައެވެ. 

ޓްރަމްޕްގެ ބަހުގެ ހަމަލާތަށް ބައިޑެން އަށް އަމާޒުވެފައި މިވަނީ ތާލިބާނުންނާއެކު ހަދާފައިވާ އެއްބަސްވުމެއް ކުރީގެ ރައީސް ޓްރަމްޕް އުވާލުމުން އަފްގާން ސަރުކާރުގެ ސަލާމަތީ ބާރުތައް މާޔޫސްކޮށްލި ކަމަށް ވިދާޅުވެ ޓްރަމްޕަށް ބައިޑެން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވަނިކޮށެެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް