އެ ދެތަރިންނާއި އެކު ފިލްމުގެ މުހިއްމު ރޯލަކުން "ވަންސް އޮޕޮއޮން މުމްބާއީ" ގެ ތަރި ޕްރާޗީ ދެސާއީ ފެންނާނެ ކަމަށް މީޑިއާތަކުގައި މިހާރު ވަނީ ރިޕޯޓްކޮށްފައެވެ.
ކުޅަދާނަ ޑައިރެކްޓަރ ވިޝާލު ފިއޫރިއާގެ ކުރިއަށް އޮތީ ސަސްޕެންސް ތްރިލާ "ފޮރެންސިކް" ގެ ޝޫޓިން މިހާރު ފެށިގެން ބާރު ސްޕީޑުގައި ކުރިއަށް އެބަ ދެއެވެ.
މީޑިއާ ތަކަށް ވިޝާލް ބުނެފައިވާ ގޮތުގައި އެ ފިލްމުގައި ލީޑު ރޯލުން ފެނިގެންދާނެ ހުރިހާ ތަރިންގެ ވެސް މުހިއްމު ރޯލުތަކެއް ފެނިގެންދާނެ އެވެ. އަދި ޕްރާޗީގެ ވަރަށް ހާއްސަ ރޯލެއް ފިލްމުގައި ފެންނާނެ ކަމަށް ވިޝާލް ބުނެއެވެ.
"ފޮރެންސިކް"ގެ ޕްރޮޑިއުސަރުންނަކީ ދީޕަކް މުކްތު އާއި މަންސީ ބަގްލާ އަދި ވަރުން ބަގްލާ އެވެ.
އެ ފިލްމުގެ މަސައްކަތް ނިމި ބެލުންތެރިންނާ ހަމައަށް އަންނާނީ ކޮން އިރަކުން ކަމެއް އަދި އިއުލާނެއް ނުކުރެއެވެ.