ads
ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:އެޑިއުކޭޝަން
ހަރުކަށިވިސްނުމާ ދުރުކޮށް ދަރިވަރުން ދީނަށް ލޯބިޖެއްސުމަށް މަސައްކަތް ފަށަނީ
ހަރުކަށިވިސްނުން އަށަގަތަނުދިނުމަށް ދަރިވަރުންގެ ކިބައިގައި ދީނަށް ލޯބިޖެއްސުން ފަދަ ކަންކަން ހިމެނޭ، "ޕްރޮމޯޓިންގ ރެޒީލިއަންސް އިން ދި މޯލްޑިވްސް- ޕްރައިމް" ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއެކު މިއަދު ސޮއިކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޕްރައިމް ޕްރޮޖެކްޓްގެ މަގުސަދުތަކުގެ ތެރޭގައި ދަރިވަރުން ހިރާސްއަށް ނުގޮސް ނުވަތަ ވީހާވެސް ހިރާސް ކުޑަވާނެ ގޮތަކަށް ދިމާވާ ދަތިތަކުން ސަލާމަތް ވުމަށް ދަސްކޮށްދިނުމާ، ހަރުކަށިވިސްނުން އަށަގަތަނުދިނުމަށް ދަރިވަރުންގެ ކިބައިގައި ދީނަށް ލޯބިޖެއްސުމާ، އެހެންމީހުންނަށް އިހުތިރާމު ކުރުމާ، ކަންކަމުގައި ފުންކޮށް ވިސްނަން ދަސްކޮށްދިނުން ހިމެނޭ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ތެރެއިން ހިރާސް(ރިސްކް)ގައިވާ ދަރިވަރުން ދެނެގަތުމަށް ހަދާ ރިސްކް އެސެސްމަންޓް އަށް އާލާތެއް ތައްޔާރުކުރުމާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ބެލެނިވެރިންގެ އަތްމަތީ ފޮތެއް ތައްޔާރުކުރުމުގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިންނަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކުގައި އެހީތެރިވެރިދިނުން ހިމެނެއެވެ. މީގެ އިތުރުން އިތުރުހަރަކާތްތައް ހިންގުމުގެ ތެރެއިން ދަރިވަރުން ސުލްހައަށް ލޯބިކުރަން ދަސްކޮށްދިމަށް ވެސް ކަންކަން ހިންގުމަށް ވަނީ ނިންމާފައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާ ދެމެދު ވެވުނު މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި ޓްރާސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ އާސިއަތު ރިލްވީނާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް