ads
އަފްގާނިސްތާންގެ ރައީސް އަޝްރަފް ގަނީ
އަފްގާނިސްތާންގެ ރައީސް ކަމުގައި ހުރެފަ ފިއްލެވި ގަނީ މިވަގުތު ހުންނެވީ ޔޫއޭއީގައި
އޮގަސްޓް 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާންގެ ވެރިރަށް ކަބުލް ވަށާލުމުން ފިއްލެވި އެގައުމުގެ ރައީސް އަޝްރަފް ގަނީ މިވަގުތު ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ކަމަށް ޔޫއޭއީން ބުނެފިއެވެ.
Advertisement

ޔޫއޭއީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާސް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން އިން ނެރުނު ބަޔާނެއްގައި ވަނީ އިންސާނީ ނަޒަރިއްޔާތަކުން ބަލާފައި އެގައުމުން ގަނީއަށް މަރުހަބާކީކަން ކަށަވަރުކޮށްދީފައެވެ. 

މީގެ ކުރިން އަފްގާނިސްތާންގެ މީޑިއާތަކުން ވަނީ ގަނީ ފިއްލަވައިގެން ޔޫއޭއީގައި ދިރިއުޅުއްވާކަން ރިޕޯޓްކޮށްފައެވެ. 

މިމަހުގެ 15 ވަނަ ދުވަހު ކަބުލްއިން ފިއްލަވައިގެން ގޮސް ގަނީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ގައުމުގައި މަޑުކުރި ނަމަ ގައުމު ދެކެ ލޯބިވާ އެތައް ބަޔަކު ޝަހީދުވެ ކަބުލް ސިޓީ އެއްކޮށް ސުންނާފަތި ވާނެ ކަމަށެވެ.  

ކަބުލްއަށް ތާލިބާނުން އަރައިގަތީ އެމީހުންނާއި ކުރިމަތިލާނެ އެއްވެސް ބައެއް ނެތިއެވެ. 

ބުދަ ދުވަހާއި ޖެހެންދެން ގަނީ އުޅޭ ތަނެއް އެއްވެސް ބަޔަކަށް އެނގިފައި ނުވާއިރު، އަޑުތައް ފެތުރިފައިވަނީ ގަނީ ފުރަތަމަ ފިއްލެވީ ތަޖިކިސްތާނަށް ކަމަށެވެ. އެއަށްފަހު އުޒްބެކިސްތާނަށް ނޫނީ އޮމާންއަށް ދިޔަކަމަށްވެެއެވެ. 

ގަނީ ފިއްލެވިތާ އެއްދުވަސް ފަހުން ކަބުލްގައި ހުންނަ ރަޝިޔާ އެމްބަސީގެ ތަރުޖަމާނު ނިކިތާ އިޝްޝެންކޯ އާ ހަވާލާދީ ރަޝިޔާގެ އާރުއައިއޭ ނިއުސް އެޖެންސީ އިން ރިޕޯޓްކުރި ގޮތުގައި ގަނީ ފުރީ ހަތަރު ކާރާއި ހެލިކަޕްޓަރެއް ފުރެންދެން ފައިސާ ހިފައިގެން ކަމަށެވެ. ނުގެންދެވުނު ފައިސާތައް އެތަނަށް ދޫކޮށްލި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔޫއޭއީ އަކީ ކުރިންއޮތް ތާލިބާންގެ ދައުލަތު ގަބޫލްކުރި ތިން ގައުމު ތެރެއިން ގައުމެކެވެ. އެ ތިން ގައުމު ތެރޭގައި ދެން ހިމެނެނީ ސައުދީ އަރަބިއްޔާ އާ ޕާކިސްތާނެވެ. ތާލިބާނުން އަފްގާނިސްތާންގެ ވެރިކަން ކުރީ 1996 އިން ފެށިގެން 2001 ވަނަ އަހަރާއި ހަމައަށެވެ. 

ހޯމަ ދުވަހު ތާލިބާނުން ކަބުލް ހިފުމާއެކު ކަބުލްގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގައުމު ދޫކޮށްދާން އެއާޕޯޓަށް ގޮސްފައެވެ. ބައެއް މީހުން އެއާޕޯޓް ރަންވޭއަށް އަރާފައިވާއިރު ބައެއް މީހުން ވަނީ އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް ނައްޓާލި ވަގުތު އޭގައި ހިފަހައްޓައިގެން ތިބެފައެވެ. މަތިންދާ ބޯޓު ނައްޓާލި ވަގުތު ހިފަހައްޓައިގެން ތިބިތަނުން ބަޔަކު ވަނީ ބޯޓު ނަައްޓާލިތަނާ ކުޑައިރުކޮޅެއް ނުވަނީސް ވެއްޓިފައެވެ. 

އަފްގާން ރައްޔިތުން އަންނަނީ އަފްގާން ސަރުކާރު އަދި އެމެރިކާއިން އެމީހުންނަށް ގައްދާރުވި ކަމަށް ބުނެ ނުރުހުން ފާޅުކުރަންމުންނެވެ. 

މިހާރު އަފްގާނިސްތާން ކޮންޓްރޯލް ކުރާ ތާލިބާނުން ބުނަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރާނެ ކަމަށާއި އެމެރިކާ އަދި އަފްގާން ސަރުކާރާއެކު މަސައްކަތްކުރި މީހުންނަށް މާފުދޭނެ ކަމަށެވެ. 

އެހެން ގައުމުތަކާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާތްތަކަށް އަފްގާނިސްތާނުން ޖާގަ ނުދޭނެ ކަމަށްވެސް ތާލިބާނުން ދަނީ ބުނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް