މިހާރު ދެތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަ އަބަދުހެން މީޑިއާތަކުގެ ފަލަ ސުރުހީތަކުގައި އޮންނައިރުވެސް އެ ދެރިންވެސް އެ ގުޅުމާމެދު ބަހެއް ބުނެފައެއް ނުވެއެވެ.
ނަމަވެސް ވަރަށް ގިނަ ފަންޝަންތަކަށް ދެތަރިން އެކީ ގޮސް ހަދައެވެ.
ބުދަ ދުވަހު ކެޓްރީނާ ފޭން ގްރޫޕްތަކާއި ފޭން ޕޭޖުތަކުން ވަނީ ކެޓްރީނާ ވިކީ އާ އެންގޭޖުވިކަމުގެ އަޑު ފަތުރާފައެވެ.
ނަމަވެސް އެ ރިޕޯތަކަށް ރައްދުދެމުން ކެޓްރީނާގެ ތަރުޖްމަމާނު ބުނީ ކެޓްރީ މިވަގުތު ހުރީ އޭނާގެ ކުރިއަށް އޮތް ފިލްމު ޓައިގާ 3 ޝޫޓިންއަށް ރަޝިޔާގައި ކަމަށެވެ.
އެއާއެކު އެންގޭޖުވިކަމަށް އަޑު ފެތުރުމުން އުފާވެފައި ތިބި ފޭނުން ކުރަމުން އައި އިންތިޒާރު އިތުރަށް ދިގުވެގެން ދިޔަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކެޓްރީނާ އާ ވިކީ ކައުޝަލް މި އަހަރުތެރޭ ކައިވެނި ކުރާނެ އެވެ.