ކުޅަދާނަ ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) ޑައިރެކްޓްކޮށް ވީޑިއޯ ކޮށްދީފައިވާ އެ ލަވަ މާދަމާ ރޭ ރާއްޖެ ޓީވީގެ ކުލަ ސްކްރީނުގައި ރިލީޒްކުރަން މިވަނީ ނިންމާފައެވެ.
“ވޭނުގާ”ގެ ޓްރެއިލާ ފޭސްބުކް މެދުވެރިކޮށް އާންމު ކޮށްފައިވާއިރު ލަވައިން ފެނިގެންދާނީ ލޯބީގެ މަންޒަރުތަކެއްކަން ޔަގީނެވެ. މާދަމާ ރެޔަށް އިންތިޒާރު ކޮށްލަމާތޯއެވެ.
ފިލްމީ ތަރި އަހުމަދު އީސަ(އާނަންދު )އާއި މިފަހުން ސްކްރީނުން ފެންނަން ފެށި އައިޝަތު ތުހުފާ(ތޫ) ފެނިގެންދާ އެ ލަވައިގެ މަންޒަރުތަކުން ރިއްފަތު ވެސް ފެންނާނެ އެވެ.
އެ ލަވައިގެ ރަސްމީ ޕޯސްޓަރު ވެސް ފޭސްބުކް މެދުވެރިކޮށް މިހާރު ދައްކާލާފައިވާއިރު “ވޭނުގާ" އަކީ މުހައްމަދު އަހުމަދު (ކޮއްކޮ) މިއުޒިކް ހަދާ ރެކޯޑިން ހަދާފައިވާ ލަވަ އެކެވެ.
އަހުމަދު އިސްމާއިލް (އަންމަޑޭ) ގެ ލިރިކްސް އަކަށް ކިޔާފައިވާ އެ ލަވައިގެ ހުރިހާ މަންޒަރެއް ވެސް ނަގާފައިވަނީ ހުޅުމާލޭގައެވެ.
މިހާތަނަށް 200 އަށް ވުރެ ގިނަ ލަވައިގެ ރެކޯޑިން ހަދާފައިވާ ރިއްފަތު އެންމެ ފަހުން އޭނާގެ އަޑުން ކިޔާ ނެރުނު ވީޑިއޯ ލަވަ އަކީ ފިލްމީ ތަރި ޝިފާގެ އިތުރުން ޖިމީ ކުޅެފައިވާ "ޔާރު ދިވާނާ" އެވެ.
ރިއްފަތު މިވަގުތު އަންނަނީ އޭނާގެ އަމިއްލަ ސޯލޯ ވީޑިއޯ އަލްބަމް "ދަލާސް"ގެ މަސައްކަތް ކުރަމުން ކަން ފާހަގަކޮށްލެވެއެވެ.