ads
ޒަކީ އަންވަރީ (ފްލައިޓުން ވެއްޓުނު ޒުވާނާ)
ފްލައިޓުން ވެއްޓި މަރުވީ އަފްގާން ގައުމީ ޓީމުގެ ކުޅުންތެރިއެއް
ތާލިބާނުން ކޮންޓްރޯލްކުރާ ކަބުލްއިން ފިލުމަށް ކަބުލް އެއާޕޯޓުން ނައްޓާލި އެމެރިކާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއްގައި އެލިގަނެގެން އޮއްވާ ވެއްޓުނީ އަފްގާނިސްތާންގެ ގައުމީ ޓީމުުގެ ކުޅުންތެރިއެއްކަން ހާމަވެއްޖެއެވެ.
Advertisement

ސަރުކާރުގެ އިދާރާއެއް ކަމަށްވާ، ދަ ޖެނަރަލް ޑިރެކްޓޮރޭޓް އޮފް ފިޒިކަލް އެޑިއުކޭޝަން އެންޑް ސްޕޯޓްސް އޮފް އަފްގާނިސްތާނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ވަނީ މަތިންދާ ބޯޓުން ވެއްޓުނު މީހާއަކީ އަފްގާނިސްތާންގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު ޒުވާނެއްކަން ކަށަވަރުކޮށްދީފައެވެ. 

ވެއްޓުނީ ޒަކީ އަންވަރީ ނަމަކަށް ކިޔާ އަފްގާން ޓީމުގެ ކުޅުންތެރިއެކެވެ.

އަންވަރީ އަކީ ގައުމުދޫކޮށް ދާން މަސައްކަތް ކުރި އެތައް ހާސް އަފްގާން ޒުވާނެއް ނަމަވެސް، އެމެރިކާގެ މަތިންދާ ބޯޓުން ވެއްޓި މަރުވި ކަމަށް އެ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެއެވެ.

ހޯމަ ދުވަހު ތާލިބާނުން ކަބުލް ހިފުމާއެކު ކަބުލްގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގައުމު ދޫކޮށްދާން އެއާޕޯޓަށް ގޮސްފައެވެ. ބައެއް މީހުން އެއާޕޯޓް ރަންވޭއަށް އަރާފައިވާއިރު ބައެއް މީހުން ވަނީ އެމެރިކާގެ އަސްކަރިއްޔާގެ C-17 މަރުކާގެ މަތިންދާ ބޯޓެއް ނައްޓާލި ވަގުތު އޭގައި އެލިގެންފައެވެ. ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަ ގޮތުގައި މަތިންދާ ބޯޓު ނައްޓާލި ވަގުތު ހިފަހައްޓައިގެން ތިބިތަނުން ބައެއް މީހުން ވަނީ ބޯޓު ނަައްޓާލިތަނާ ކުޑައިރުކޮޅެއް ނުވަނީސް ވެއްޓިފައެވެ. 

އެމެރިކާ އަސްކަރިޔާގެ ތަރުޖަމާނު ބުނީ މަތިންދާ ބޯޓު އެއާޕޯޓަށް ޖައްސައި އޭގައި ހުރި ކާގޯޓައް އަންލޯޑް ނުކުރެވެނީސް އެތައްސަތޭކަ މީހުން ބޯޓު ވަށާލި ކަމަށެވެ. 

ހާލަތު ގޯސްވުމުން ވީއެންމެ އަވަހަކަށް އެއާޕޯޓުން ފުރަން އޭގައި ތިބި ކްރޫ އިން ނިންމިކަމަށް އޭނާ ބުނެއެވެ. 

އެމެރިކާ އަސްކަރިއްޔާއިން ވަނީ އިންސާނުންގެ ހަށިގަނޑުގެ ބައިތަކެއް ބޯޓުގެ ފުރޮޅުގައި ފެންނަ ހުރިކަން ކަށަވަރުކޮށްދީފައެވެ. އެ ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް އެމެރިކާ އަސްކަރިއްޔާއިން ބުނެއެވެ.

އަފްގާން ރައްޔިތުން އަންނަނީ އަފްގާން ސަރުކާރު އަދި އެމެރިކާއިން އެމީހުންނަށް ގައްދާރުވި ކަމަށް ބުނެ ނުރުހުން ފާޅުކުރަންމުންނެވެ. 

މިހާރު އަފްގާނިސްތާން ކޮންޓްރޯލް ކުރާ ތާލިބާނުން ބުނަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރާނެ ކަމަށާއި އެމެރިކާ އަދި އަފްގާން ސަރުކާރާއެކު މަސައްކަތްކުރި މީހުންނަށް މާފުދޭނެ ކަމަށެވެ. 

އެހެން ގައުމުތަކާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާތްތަކަށް އަފްގާނިސްތާނުން ޖާގަ ނުދޭނެ ކަމަށްވެސް ތާލިބާނުން ދަނީ ބުނަމުންނެވެ

10%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް