ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މަޑިވަރު ފަޅު ހިއްކުމާ ދެކޮޅަށް ރަސްދޫ ރައްޔިތުންތަކެއް
އީޕީއޭގެ ނިންމުން އެކި ފަހަރު އެކި ގޮތަށް..!
ނޮވެމްބަރު 2، 2020 ވަނަ ދުވަހު އައްޑޫ ސިޓީގައި ޖަނަވާރަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އޭރު ބުނީ ޖަނަވާރަކަށް އަނިޔާކުރި މައްސަލައެއް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ފުލުހުންގެ ސަމާލުކަމަށް ގެނައުމާއެކު އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Advertisement

މިއީ ފަރުދީ ލެވެލެއްގައި އެންމެ ވާލަކަށް ކުރި އަނިޔާއާ ގުޅިގެން ސަމާލުކަމަށް އައި މިންވަރެވެ. ޖަނަވާރަކަށް އަނިޔާ ކުރުމަކީ ރަނގަޅު ކަމެކޭ ބުނަނީ ކީ ނޫނެވެ. އެކަމަކު މިކަމަކީ ބޮޑު ފަޅަކާއި ފަރެއް ހަލާކު ކޮށްލުމާ އެއްފަދަ ކަމަކަށް ވާނެހެން ހިއެއް ނުވެއެވެ. 

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ހއ. ބާރަށުގެ ގްރީން ބެލްޓް (ހޭޅިފަށް) ހިމެނޭ ސަރަހައްދުން އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުން، ގަވާއިދާ ހިލާފަށް ރުއްގަސް ކަނޑާ ބޭރުކޮށްފައި ވާތީ އެ ރަށު ކައުންސިލްގެ އިދާރާ ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރިއެވެ. އީޕީއޭ އިން އޭރު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ބާރަށުގެ ގްރީން ބެލްޓް (ހޭޅިފަށް) ހިމެނޭ ސަރަހައްދުން އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުން، ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކަނޑާ، އުފުރާ، ރަށުން ރުއްގަސް ބޭރުކޮށްފައިވާ ކަމަށެވެ. 

އީޕީއޭއިން ބުނީ އެ ރަށުން ރުއްގަސް ކަނޑާ ބޭރުކޮށްފައި ވަނީ ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ އިދާރީ ކަންކަން ފުރިހަމަ ކުރުމެއް ނެތި ނަގަން ޖެހޭ ހުއްދަތައް ވެސް ނުނަގާ ކަމަށެވެ. އެހެންކަމުން އެ ރަށު ކައުންސިލް ވަނީ 191،250 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. ޖޫރިމަނާކޮށްފައި ވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދަށް ރިއާޔަތްކުރުމަށް ފަހު ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ. ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އެންގި އެވެ.

މި އަހަރުގެ މޭ މަހުގެ 15 ވަަނަ ދުވަހު، އޭރު ރާއްޖެއަށް ކުރަމުންދިޔަ ވިއްސާރައިގައި ދެދުވަސް މަތީން ވަރުގަދައަށް ރާޅާއި އުދައެރުމުގެ ސަބަބުން ހޯރަފުށީ އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ވިއެވެ. އެގޮތުން ރަންވޭ އާއި ހައިވޭއަށް އުދަ އެރިއެވެ. ދެ ދުވަހެއްވަރު ދަތުރުތައްވެސް މެދުކަނޑާލި އެވެ. އަދި ޓާމިނަލްގެ ބިއްލޫރި ދޮރުތައްވެސް ތަޅައިގެން ދިޔައެވެ. އެހާބޮޑު ގެއްލުމެއް ލިބުނީ އެއާޕޯޓް އަޅަން ބިން ހިއްކި ގޮތުން ކަމަށް ލަފާކުރެވޭ ކަމަށް އީޕީއޭ އިން އޭރު ވަނީ ބުނެފައެވެ. ލަފައެކެވެ. ފިޔަވަޅެއްވެސް އަޅާފައިވާ ކަމެއް ނޭނގެއެވެ. ކަމުގެ ބާވަތަށް ބަލާއިރު ވާލެއް މަރާލުން ކަހަލަ ކަމެއް ހެއްޔެވެ؟ އެކަމަކު މިކަން އީޕީއޭއިން މިކަން ނަގާފައިވަނީ ފެންގޮތަކަށެވެ. 

your imageހޯރަފުށީ އެއާޕޯޓަށް އުދައަރާފަ-----

މީގެ އިތުރުން ހދ. ކުޅުދުއްފުށީ އެއާޕޯޓުވެސް އެހާލަތަށް އަންނަން މާކަ ގިނަ ދުވަހެއް ނުނެގި އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ހުޅަނގު މޫސުމެއް ދެ ފަހަރަކަށް އަންނައިރަށް އެއާޕޯޓަށް އުދައަރަން ފަށާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެކައުންސިލުން އިތުރަށް ބުނީ އެއެއާޕޯޓުގެ ކޮޅުގައި ޖަހާފައިވާ ހިލަ ޖަހާފައިވަނީ އީޕީއޭއިން ހުއްދަ ދީފައިވާ ވަރަށް ވުރެ މާމަދުން ކަމަށެވެ. މިކަންވެސް އީޕީއޭއިން ކުރިއަށް ގެންދާ ގޮތެއް ނޭނގެއެވެ. 

ކ. ހިންމަފުއްޓާއި ގިލި ލަންކަންފުއްޓާ ދެމެދުގައި އޮންނަ ރީތި ފިނޮޅަށް ގިލި ލަންކަންފުށީގެ ބަޔަކު އަރާ ހަލާކުކޮށްލީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި މައްސަލަަ ތަހުގީގުކުރުމަށް ފަހު އީޕީއޭއިން ވަނީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމުގެ ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން  5،62،980 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. 30 ދުވަހުގެ ތެރޭގައި ދައްކަން އެ ރިސޯޓަށް އެންގިކަމަށް ވެ އެވެ. މިފަހަރު މިއޮތީ ފިޔަވަޅު އަޅާފައެވެ.

ހިމާޔަތް ކުރެވިފައިވާ ހިސާބުތަކުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ މީހުނަށް ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް މި މަހުގެ އެޕްރީލު މަހުގެ 15 ވަނަ ދުވަހު އީޕީއޭ އިން ނިންމިއެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން މިޔަރު ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތައް ހިފާ ކަމުގެ ޝަކުވާ އީޕީއޭ އަށް ލިބޭކަމުގައި އީޕީއޭ އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، އަރިއަތޮޅުގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުން، ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވައިދުގެ ދަށުން ބޭނުން މަނާކުރެވިފައިވާ ކަނޑުގެ ދިރުންތައް ބޭނުމަށާއި ހިފުމަށް ބޭނުންކުރާ އާލާތްތަކާއި ބާނާފައިހުރި މަހުގެ ބާވަތްތައް ފެނިފައިވާކަމަށް އީޕީއޭ އިން ވަނީ ހާމަކޮށްފަ އެވެ.

މިފަދަ ސަރަހައްދުތަކަކީ އެސަރަހައްދުތަކުގެ ދިރުންތަކާއި މާހައުލަތައް ރައްކާތެރިކުރުމާއެކު އެސަރަހައްދުގެ ގުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތަކަށް ރައްކާތެރިކުރަންޖެހޭ ސަރަހައްދުތަކެއްކަމަށް އީޕީއޭއިން އޭރު ބުންޏެވެ. އަދި މިސަރަހައްދުތައް ހިމާޔަތްކޮށް ބެހެއްޓުމީ ރާއްޖޭގެ އިގްތިސާދަށާއި ތިމާވެށްޓަށް ގިނަގުނަ ފައިދާތަކެއް ލިބިދޭ ކަމެއްކަންވެސް އީޕީއޭއިން ބަޔާންކުރި އެވެ. އަދި އެއާއެކު މި ސަރަހައްދުތަކުގައި ކުރެވޭ ކަންތައްތަކާއި ނުކުރެވޭ ކަންތައްތައް އޮންނާނީ ގާނޫނަށް ބަރޯސާވެ ކަނޑައަޅާފައިކަމަށް ވެސް އީޕީއޭ އިން އޭރު ވަނީ ބުނެފަ އެވެ.

ރިސޯޓެއްގައި ވެލާ ނަގައިގެން އަމިއްލަ ފައިދާއަށް ބޭނުން ކުރާކަމުގެ މައްސަލަތަކެއް ފެންމަތިވީ މިއަހަރުގެ ޖުލައި މަހު ކުރީ ކޮޅުގައެވެ. އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ފާޅުކުރި އެތަނުގެ ކުރީގެ މުވައްޒަފު "ސީއެންއެމް"އަށް ވަނީ އެވާހަކަތައް ހިއްސާކޮށްފައެވެ. 

your imageރިސޯޓުން ހިފާ ގެންގުޅޭ ވެލާ

އޭނާ ބުނީ "އައިޑެންނިޒް" ނަމަކަށް ކިޔާ ޓާކިޝް ކޮންސްޓްރަކްޝަން ކޮމްޕެނީން ހިންގާ "އަޔާޑާ ރިސޯޓް މޯލްޑިވްސް"ގައި އޭނާ މަސައްކަތް ކުރީ ސާފިން އިންސްޓްރަކްޓަރެއްގެ ވަޒީފާގައި ކަމަށެވެ. އެހެންނަމަވެސް ހިމާޔަތްކޮށްފައިވާ ވެލާފަދަ ދިރޭ އެއްޗެއްގެ ނަހަމަ ބޭނުން ހިފަމުންދާތީ އެކަން ހުއްޓުވުމަށް ކުރި މަސައްކަތުން އޭނާގެ ވަޒީފާ މިހާރު ވަނީ ގެއްލިފައެވެ. 

އޭނާ ބުނީ، އެ ރިސޯޓު ކައިރި އެހެން ރަށްތަކުން ވެލާބިސް ނަގައިގެން ގެނެސް ފޮޅި އަޅައިގެން ކެއުމަށް ބޭނުންކުރަމުންދާ ކަމަށާއި، އެއްބައި ވެލާ ގެސްޓުންނަށް އަތްލާ ކުޅެންވެސް ދޭ ކަމަށެވެ. އެއީ ކުޅިވަރެއްގެ ގޮތަށް ހަދައިގެން އޭގެން އެ ރިސޯޓުން ނަފާ ހޯދުމުންދާއިރު، ވެލާ އަތްލާ ކުޅެން ގެންގުޅުމުން އެތަކެތި ދިރިހުރުމަށް ހުރަސް އެޅޭކަމަށް އޭނާ ބުނެއެެވެ. މިމައްސަލަ ވެސް ވަނީ އީޕީއޭއަށް ހުށަހަޅާފައިކަމަށްވެސް އޭނާ ބުނެއެވެ. އީޕީއޭ އިން ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މިމައްސަލައާގުޅިގެން އޭރު ސީއެންއެމް އިން ގުޅުމުން އީޕީއޭއިން ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ.

ވެލައަކީ ދުނިޔެއިން ނެތިދިއުމުގެ ބިރު އެންމެ ބޮޑު އެކައްޗައްވާއިރު، ރާއްޖޭގައި ވެލާ ބިސް ނެގުމާ ވެލާ ހިފުމަކީ ގާނޫނީ ގޮތުން ކުށެކެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން ތިން ލައްކަ ރުފިޔާ އާއި ހަމަ އަށް ޖޫރިމަނާ ކުރެވެއެވެ.

ދެން އޮތީ އިހަކަށް ދުވަހު ދިމާވެގެން އުޅޭ މައްސަލައެވެ. އއ. މަޑިވަރު ފަޅުން އެކްސްކެވޭޓަރު ބޭނުންކޮށްގެން އެތަން ހިއްކަމުންދާ މައްސަލައެވެ. ކްރައުން ކުންފުނިން ހިންގަމުން އަންނަ ރިސޯޓަކަށް އީޕީއޭއިން ހުއްދަދީފައިވަނީ އެއަތޮޅުގެ އެއްވެސް ކައުންސިލެއްގެ ބަހެއް ނެތިއެވެ. އަތޮޅު ކައުންސިލް ނުވަތަ ރަށު ކައުންސިލުގެ ބަހެއްވެސް ނެތިއެވެ. އެކަމަކު އެ ފަޅު ހިމާޔަތްކޮށްފައިވާ ފަޅަކަށްވާތީ ރަސްދޫ މީހުން ވެލި ނެގުމަށް އެދުމުން ވެސް އީޕީއޭއިން އެކަމަށް ހުއްދަ ދީފައެއްނުވެއެވެ. ބުނެފައިވަނީ އެފަޅުން ވެލި ނުނެގޭނެކަމަށެވެ. އެކަމަކު ކްރައުން ކޮމްޕެނީން އެމަސައްކަތް ކުރަމުން އެގެންދަނީ އީޕީއޭ އިން ހުއްދަ ދީގެން ކަމަށް ވެ އެވެ.

މިމައްސަލައިގައި އއ.ރަސްދޫ ކައުންސިލާއި އަތޮޅު ކައުންސިލާއި ރައްޔިތުން ދަނީ އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން މިކަން ބޮލާލައި ޖަހާލެވޭކަށް އޮތްހެން ހިއެއް ނުވެއެވެ. މަޖުބޫރުވެގެން ނަމަވެސް އާދީއްތަ ދުވަހު ޓޫރިޒަމާއި، އެންވަޔަރަމެންޓު މިނިސްޓްރީގެ ޓީމެއް ރަސްދޫއަށް ދެއެވެ. އަދި އެމައްސަލަ ބެލުމަށް ވަނީ ނިންމާފައެވެ. 

މިހުރިހާ މައްސަލަތަކަށް ބަލާއިރު ފާހަގަ ކުރެވެނީ އެކިއެކި މައްސަލަތަކާމެދު އީޕީއޭއިން ގެންގުޅެފައިވާ ތަފާތު ބޮޑު އުސޫލުތަކެވެ. ބޮޑު މީހާއަށް ބޮޑު އިންސާފު ކުޑަ މީހާއަށް ކުޑައިންސާފު ލިބޭގޮތަށް ކަންކަން ކުރުމަކީ ޖައްގަލީގެ އުސޫލުތާ އެވެ. ނަމަވެސް ރާއްޖެ ސިފަކޮށް އަދި ކިޔާ ނަގަނީ މިއީ ހަމަހަމަކަމާއެކު ގާނޫނު ހިންގާނެ ރާއްޖެއެއް ކަމެވެ. ނަމަވެސް ސުވާލަކީ އެ ދައްކާ ވާހަކަ އާއި އަމަލާ ދިމާވަމުންދޭ ބާއްވަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް