ads
ވީޑިއޯ ރިޕޯޓް:
އެހީއަށް އެދި އަފްގާނިސްތާނު އަންހެން ކުއްޖެގެ ސިޓީއެއް
އަފްގާނިސްތާނަށް ނިސްބަތްވާ 2.5 މިލިއަން ރެފިއުޖީން އުޅޭ
ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާނު އައިސްފައިވާއިރު، އަފްގާނިސްތާނުގެ އަންހެން ކުއްޖަކު ވަނީ އަސަރު ގަދަ ސިޓީއެއް އދ ގެ ރެފިއުޖީންގެ ހައްގުތައް ހިމާޔަތް ކުރާ ޖަމިއްޔާކަމަށް ވާ "ޔޫއެން ރެފިއުޖީ އެޖެންސީ" އަށް ފޮނުވާފައެވެ.
Advertisement

އެ ސިޓީގައި އަންހެން ކުއްޖާގެ ނަން ފޮރުވުމަށް ފަހު އެ ޖަމިއްޔާއިން ވަނީ މި ސިޓީ މިއަދު އާންމުކޮށްފައެވެ.

ސިޓީގައި އަންހެން ކުއްޖާ ބުނެފައިވަނީ، ތާލިބާނުން އެ ގައުމު ހިފުމުގެ ސަބަބުން، ތައުލީމު ހޯދުމާއި، ވަޒީފާ އަދާކުރުން ފަދަ ހައްގުތަކުން މަހުރޫމް ވެފައިވާކަމަށެވެ.

"ތާލިބާނުން އަފްގާނިސްތާނު ހިފުމުގެ ކުރިން އެގައުމުގެ އަންހެނުން ވަޒީފަށް ގޮސް ސްކޫލަށް ގޮސް ހެދި،"

އެސިޓީގައި އޭނާ ކަންބޮޑުވުން ފާޅުކޮށްފައިވާ އެއް މައްސަލައަކީ އޭނާގެ ހައްގުތައް ގެއްލިފައިވާ މައްސަލައެވެ. އަދި ތާލިބާނުން ނަކީ ހަރުކަށި ބައެއް ނޫންކަމަށް ބައެއް މީހުން ބުނިނަމަވެސް އެކަން ގަބޫލުކުރަން ދަތި ކަމަށް އެ ސިޓީގައި އަންހެން ކުއްޖާ ބުނެފައިވެއެވެ. ސަބަބަކީ ކުރިން އެމީހުން އަފްގާނިސްތާނުގައި ވެރިކަން ކުރި އިރު އަންހެނުންނަށް ހިތާފައިވަނީ ވަރަށް ގޯސްކޮށް ކަމަށް ވާތީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވަނީ ފާއިތުވީ 20 އަހަރު ދުވަހުގެ ތެރޭގައި މިނިވަން ކަމާއެކު ސްކޫލާއި އޮފީސް ފަދަ ތަންތަނަށް އެ ގައުމުގެ އަންހެނުންނަށް ދެވުނުކަމަށެވެ. 

"ނަމަވެސް މިހާރު ހައްގުތައް ގެއްލި ޖަލަކަށް ލެވިފައިވާ ކަމުގެ އިހުސާސް ކުރެވޭ،" ކަމަށް ވެސް އެ ސިޓީގައި އަންހެން ކުއްޖާ ވަނީ ބުނެފައެވެ.

your imageއަފްގާނިސްތާނު އަންހެން ކުއްޖަކު ސްކޫލަށް ދަނީ: 

މި ހިނގާ އޮގަސްޓު މަހުގެ ތެރޭގައި ތާލިބާނުން ވަނީ އަފްގާނިސްތާނުގެ ވެރިރަށް ކާބުލްއާއި، އެ ގައުމުގެ މުހިންމު ސިޓީތައް ހިފާފައެވެ. 

ތާލިބާނުން އަފްގާނިސްތާނު ހިފި ފަހުން ވެސް 12،000 އަށްވުރެ ގިނަ މީހުން ވަނީ އެގައުމު ދޫކޮށް ގޮސްފައެވެ.

ޖުލައި މަހުގެ ތެރޭގައި އެމެރިކާ ސިފައިން ވަނީ އަފްގާނިސްތާނުގައި އެމީހުން ގާއިމްވެގެން ތިބި އަސްކަރީ މައި ޗެކްޕޮއިންޓުތައް ދޫކޮށްލާފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެއްކޮށް ބާލާނެކަން އިއުލާނުކޮށްފައެވެ.

ތާލިބާނުން އެގައުމު ހިފުމާއި ގުޅިގެން ވެރިކަމުގައި ހުންނެވި ގަނީ ވަނީ އެ ގައުމު ދޫކުރައްވައި ފިއްލަވާފައެވެ.

ގަނީ އަފްގާނިސްތާނުގެ ވެރިކަމަށް ވަޑައިގަތީ 2019 ވަނަ އަހަރު އެގައުމުގައި ބޭއްވުނު އާންމު އިންތިހާބަށް ފަހުއެވެ.

އަފްގާނިސްތާނަށް ނިސްބަތްވާ 2.5 މިލިއަން ރެފިއުޖީން މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭއިރު، ތާލިބާނުންގެ ބާރުގެ ދަށަށް އެ ގައުމު އަލުން ދިއުމާއި ގުޅިގެން މިއަދަދު ދެ ގުނައަށް އިތުރުވުން އެކަށީގެންވެއެވެ.

އެމެރިކާއިން ވަނީ އަފްގާނިސްތާނުގެ 10،000 މީހުން އެގައުމަށް ގެންދިއުމަށް އެއްބަސް ވެފައެވެ. އަދި އޮސްޓްރޭލިއާއިން 3000 މީހުން ގެންދިއުމަށް އެއްބަސްވެފައިވާއިރު، އަފްގާނިސްތާނާއި އަވަށްޓެރި ކަޖަކިސްތާނުން ވަނީ 100،000 ރެފިއުޖީން އެގައުމަށް ގެންދިއުމަށް އެއްބަސްވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް