މި ދެތަރިން ލީޑު ރޯލަށް ލައިގެން ހަދާ ފިލްމުގެ ނަމަކީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.
އެ ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކަ އެއްްގެ މައްޗަށް ކުޅަދާނަ ޕްރޮޑިއުސަރު ކަރަން ޖޯހަރް ޑައިރެކްޝަން ހަދާ ފިލްމެކެވެ.
"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ ޝޫޓިން މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުރިޔަށް ދާއިރު އެ ފިލްމަކީ "އޭ ދިލްހެ މުޝްކިލް" އަށް ފަހު ކަރަން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.
ފިލްމު އަޅުވާނެ ވަކި ތާރީހެއް ކަނޑަނާޅާ މަސައްކަތް ކުރަމުންދާ އެ ފިލްމު ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ.
އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ދަރުމެންދުރާ އާއި ޖަޔާ ބައްޗަނާއި ޝަބާނާ އާޒްމީ ފަދަ ތަރިންގެ އެކްޓިން ފެނިގެން ދާނެއެވެ.