ވިކާސް ބާލް ޑައިރެކްޓްކުރާ އެ ފިލްމު ސިނަމާތަކަށް ގެންނާން ނިންމާފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
ހަބަރުތައް ބުނާ ގޮތުގައި ދެ ބަޔަކަށް ބަހާލައިގެން ގެނެސްދޭން ނިންމާފައިވާ “ގަނަޕަތު”ގައި ޓައިގާ ފެންނާނީ ބޮކްސިން ކުޅުންތެރިއެއްގެ ރޯލުންނެވެ.
"ސުޕަ 30" ގެނެސްދިން ޑައިރެކްޓަރު ވިކާސް ހަދާ އެ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފެށުމަށް ވަނީ ނިންމާފައެވެ.
“ގަނަޕަތު” އަކީ ވިކާސް އާއި އެކު ޓައިގާ އަދި ކްރިތީ ވެސް މަސައްކަތް ކުރާ ފުރަތަމަ ފިލްމުކަން ފާހަގަކޮށްލެވެއެވެ.
އެ ފިލްމުގެ ފަސްޓް ލުކް އެއް ވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
ކްރިތީ އާއި ޓައިގާ ގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ހުރި އިރު ޓައިގާ ދެން އެންމެ އަވަހަށް ފެންނާނީ “ހީރޯޕަންތީ 2” އިންނެވެ.