ads
ޓިކްޓޮކް--
ޓިކްޓޮކް ހުއްޓާލުމަށްފަހު އިތުރު ގޮތެއްނެތިގެން، އެނބުރި ދިޔަ ދިވެހި ކުއްޖެއްގެ ވާހަކަ
ޒަމާނާއެކު ތަރައްގީވެގެން އައި ދުނިޔޭގެ ޒުވާނުންގެ އެންމެ ގާތް ރަހުމަތްތެރިޔަކަށް ވެގެންދިޔައީ ޓިކްޓޮކެވެ. ޓިކްޓޮކްގެ ބޭނުން ދިވެހި ޒުވާނުން ވެސް އެކި ގޮތް ގޮތަށް އަންނަނީ ކުރަމުންނެވެ. ހުނަރު ދައްކާލުމަށެވެ. ނުވަތަ މުބާރާތްތަކުގައި ބައިވެރިވުމަށެވެ. ވަގު އައިޑީތައް ބޭނުންކޮށްގެން ފުރައްސާރަކުރަން އުޅޭ މީހުން ވެސް މަދެއް ނޫނެވެ.

މިއީ ވެސް ޓިކްޓޮކްގެ ބޭނުން ފެށުނީއްސުރެ ކުރަމުން އައި ދިވެހި އަންހެން ކުއްޖެއްގެ ވާހަކައެވެ. އެންމެ ފުރަތަމަ ޓިކްޓޮކް ބޭނުންކުރަމުން އައީ މުނިފޫހިފިލުވާލާ ވަގުތު ބޭކާރު ކޮށްލުމަށެވެ. އެކަމަކު އަމާޒުވި ފާޑުކިޔުންތަކާ އެހެނިހެން ސަބަބުތަކާ ހުރެ އެކުއްޖާ ނިންމީ ޓިކްޓޮކް ދޫކޮށްލާށެވެ.

ޓިކްޓޮކް ދޫކޮށްލި ނަމަވެސް ގިނަ ބައެއް ސަމާލުކަން އަމާޒުވި އެއް ކަމަކީ އެކުއްޖާ ޓިކްޓޮކް ހުއްޓާލި ސަބަބާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ދިން ޖަވާބެކެވެ. ބުނީ ޓިކްޓޮކް ކުޅުން ހުއްޓާލަނީ ދީނާ އާހިރަތަށްޓަކައި ކަމަށެވެ. ޓިކްޓޮކް ކުޅެގެން ދުނިޔެ މަތީގައި ކިތަންމެ ސަޕޯޓެއް ލިބުނު ނަމަވެސް އާހިރަތުގައި ފައިދާއެއް ނުކުރާ ވާހަކައެވެ. ޓިކްޓޮކް ކުޅުމަށްވުރެ، އެ ވަގުތުތަކުގައި ގުރުއާން ކިޔަވާލައި ދުއާ ކޮށްލުމުން ވެސް މާ ހިތްހަމަ ޖެހުން ލިބި ސަވާބު ލިބޭނެ ވާހަކައެވެ. 

އެކުއްޖާ ޓިކްޓޮކް ކުޅެން ހުއްޓާލިތާ އަހަރެއް ހާ ދުވަސް ފަހުން އަނެއްކާ ވެސް ފެނިގެން ދިޔައީ ޓިކްޓޮކް ކުޅެން ފެށިތަނެވެ. ފެނިގެން ދިޔައީ ކުރިއަށް ވުރެ ވެސް ބޮޑު މަގުބޫލު ކަމެއް ހޯދަން މަސައްކަތް ކުރި ތަނެވެ. ގައުމީ ފެންވަރުގައި ކުރިއަށްގެންދިޔަ މުބާރާތެއްގައި ވާދަކޮށް ވީޑިއޯ ހޯދަން ފެށިތަނެވެ. 

ކުޅުނު ވީޑިއޯތައް ކިތަންމެ ހާ ވެސް ރީތިވެފައި ރަނގަޅު މެސެޖެއް ދިން ނަމަވެސް ގިނަ ބަޔަކު އެކުއްޖާއަށް ފާޑު ކިޔުމާ ފުރައްސާރަ އަމާޒުކުރީ ޓިކްޓޮކް ހުއްޓާލާފައި އަލުން ޓިކްޓޮކަށް އެނބުރި އައުމުންނެވެ. 

ފާޑުކިޔުންތަކާއެކު ވެސް މުބާރާތުން ގިނަ ކާމިޔާބީއެއް ހޯދުމަށްފަހު، ފާޑުކިޔުންތަކަށް ރައްދު ދެމުން ބުނީ ކުރިން ޓިކްޓޮކުން ފައިދާއެއް ނުކުރި ނަމަވެސް މިހާރު ފައިދާ ކުރާ ކަންކަން ހުންނަ ކަމަށެވެ. އެގޮތުން ނަށާފައި ވީޑިއޯ އެޅުމުގެ ބަދަލުގައި ޓިކްޓޮކް ޗެލެންޖުތަކުން ފައިދާ ވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް ކިތަންމެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭގެ ބޭނުން ވެސް ރަނގަޅު ގޮތުގައި ހިފައިފިނަމަ އެއީ ވެސް ބޭނުންތެރި އެއްޗެކެވެ.

39%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް