ads
ސަލްމާން ޚާން
"ޓައިގާ 3"ގެ ސަލްމާންގެ ލުކް ދައްކާލައިފި
މިހާރު ޝޫޓިން ފެށިގެން ކުރއްށްދާ ފިލްމު "ޓައިގާ 3"ގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށްފިއެވެ.
Advertisement

ބޮލީވުޑުގެ ކުޅަދާނަ ތަރި ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމް "ޓައިގާ 3"ގެ ޝޫޓިން މިހާރު ރަޝިޔާގައި ފެށިގެން ކުރިއަށް ދާއިރު، ފިލްމުގެ ޝޫޓިން އަށް ރަޝިޔާ އަށް ފުރާފައިވަނީ މުމްބާއީގައި ފިލްމުގެ ނަގަންޖެހޭ ހުރިހާ މަންޒަރެއް ނެގުމަށްފަހުގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ޗޫޓިން އަށް "ޓައިގާ 3"ގެ ޓީމް ރަޝިޔާ އަށް ގޮސްފައި ވަނީ މިހިނގާ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ. 

މީގެ 9 އަހަރު ކުރިން 2012 ވަނަ އަހަރު ރިލީސް ކުރި  ޓައިގާ ސީކުއެންސްގެ ފުރަތަމަ ފިލްމް "އެކް ތަ ޓައިގާ" އަދި 2017 ވަނަ އަހަރު ރިލީސް ކުރި ޓައިގާ ސީކުއެންސްގެ ދެވަނަ ފިލްމް "ޓައިގާ ޒިންދާ ހޭ" އަށްވެސް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. 

"ޓައިގާ 3"ގެ ޝޫތިން ރަޝިޔާ ގައި ކުރިޔަށް ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާންމު ވެފައިވާއިރު މި ފޮޓޯތަކުގައި ސަލްމާން ފެނިގެން ދަނީ ވަރަށްވެސް ތަފާތުކޮށެވެ. ރަތް ކުލައިގެ ޖެކެޓެއް ލައިގެން ސަލްމާން ހުރި އިރު އޭނާގެ ބޮލުގެ އިސްތަށިގަނޑު އަދި ތުނބުޅިވެސް ފެނިގެން ދަނީ ފުދޭވަރަކަށް ދިގުކޮށެވެ. ބޮލުގެ އިސްތަށިގަނޑުގެ އިތުރުން ތުންބުޅީގައިވެސް ފެނިގެން ދިޔައީ ރަތް ކުލައެއް ޖައްސާފައިވާ މަންޒަރެވެ. ސަލްމާންގެ މި ފޮޓޯތައް އާންމު ކޮށްފައިވަނީ ސަލްމާންގެ ފޭން ޕޭޖަކުން އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ. 

ތައިގާ ސީކުއެންސް ގެ މީގެ ކުރިން ނިކުތް ދެ ފިލްމުގެވެސް ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ސަލްމާނާއި ކެޓްރީނާ، މި ދެތަރިން އެކުގައެވެ. އެހެން ނަމަވެސް "ޓައިގާ 3" ގެ ލީޑް ރޯލުން ސަލްމާން އަދި ކެޓްރީނާގެ އިތުރުން އިމްރާން ހާޝްމީ ވެސް ފެނިގެން ދާނެއެވެ. 

މީގެ ކުރިންވެސް ވަނީ މި ފިލްމުގެ ތައްޔާރީތަކުގެ ތެރެއިން އެކި އެކި ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮއްފައެވެ. ފިލްމްގެ ތަރިން ވަނީ ފިލްމް ބެލުންތެރިންނާއި ހަމައަށް ކާމިޔާބު ކަމާއެކު ގެނެސްދިނުމަށްޓަކައި ބޮޑެތި ތައްޔާރީތަކެއް ވެފައެވެ. 

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިމްރާން ހާޝްމީ މި ފިލްމުން ފެނިގެންދާނީ ވިލަންގެ ރޯލުންނެވެ. ހަމައެޔާއެކު "ޓައިގާ 3"ގެ ޝޫޓިން އަށް އިމްރާން ވެސް ވަނީ އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލުތަކެއް ގެނެސްފައެވެ.

ފިލްމް ބަލާލަން މިހާރުވެސް ބެލުންތެރިން ކެތްމަދުވެފައިވާއިރު މި ފިލްމް ރިލީޒް ކުރާނެ ކަމަށް ލަފާކުރެވެނީ އަންނަ 2022 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އަދި މީގެ އިތުރުން "ޓައިގާ 3"ކީ 2022 ވަނަ އަހަރުގެ އެންމެ ބޮޑު ފިލްމަށް ވެގެން ދާނެކަމަށް ޕްރޮޑަކްޝަން ޓީމުން ދަނީ އުންމީދު ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް