ads
ޝިފާ ބުރުގާ ނެގިކަން ހާމަވި ޓްރެއިލާގެ މަންޒަރުތަކެއް….
ޝިފާއަށް ބުރުގާ އަޅައިގެން ކެތެއް ނުވި!
ޓިކްޓޮކުން މަޝްހޫރުވެ މިހާރު ދިވެހި ފިލްމީ ދާއިރާގައި ވިދަމުން އަންނަ ތަރި މަރިޔަމް ޝިފާ އަނެއްކާ ވެސް ބުރުގާ ބާލާފިއެވެ.

ބޮޑު ފޭން ބޭސް އެއް އޮންނަ ޝިފާ އެންމެ ފުރަތަަމަ އާންމުންނަށް ފެނިގެން ދިޔައީ ބުރުގާ އަޅައިގެންނެވެ. މޯލްޑިވިއަން އައިޑަލްގެ ސީޒަން އަކުން ވެސް ޝިފާ ބުރުގާ އަޅައިގެން ހުންނަ މަންޒަރު ފެނުނެނެވެ.

ޓިކްޓޮކުގައި ބެލުންތެރިން ހައިރާންކޮށްލުމަށްފަހު ފިލްމު ކުޅެން ފެށީ ބުރުގާ ބާލާފައެވެ. އިންޑަސްޓްރީގެ ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑޮއިސަރުންގެ ފިލްމުތަކުން އޭނާ މިހާތަނަށް އައިއިރު ވަނީ ޖާގަ ހޯދާފައެވެ.

ދެން އަނެއްކާ ވެސް ފެނިގެން ދިޔައީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޝިފާ ބުރުގާ އަޅައިގެން ހުއްޓާއެވެ. އޭނާ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ބުރުގާ އެޅީ މަންމަގެ އެދުމަށް ކަމަށެވެ. އެފަހަރު ޝިފާ ވަނީ ބުރުގާ ނާޅާ ކުޅެފައި ހުރި ހުރިހާ ޓިކްޓޮކެއް ވެސް ފޮހެލާފައެވެ.

ދާދި ފަހުން ގެނެސްދިން ޕްރޮގްރާމްއެއްގައި ޝިފާ ބައިވެރިވަމުން، ބުރުގާ ނުބާލާ އުޅެވޭތޯ ވަރަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެގޮތަށް ބުނެފައި އޮއްވާ އަނެއްކާ ވެސް މި ފެނުނީ ބުރުގާ ނެގި މަންޒަރެވެ. އެހެން ކަމުން ގިނަ މީހުން ބުނަނީ ޝިފާ އުނބަށްޖެހީ ކަމަށެވެ. 

މިފަހަރު ޝިފާ ބުރުގާ ނެގިކަން ހާމަވެގެން ދިޔައީ ސަންގުއީ އިން ދައްކަން ފަށަން އުޅޭ “ޓިއުސްޑޭ ނައިޓް ވިތް ޝިފާ” ގެ ޓްރެއިލާއެއް އާންމު ކުރުމާއެކުއެވެ. ޝިފާ ބުރުގާ ނުނަގާނަމޭ ބުނެފައި ބުރުގާ ނެގީ ކީއްވެ ކަމެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިފަހުން މަސައްކަތް ކުރަން ފެށި ޝިފާގެ ފޭން ބޭސް ކިތަންމެ ބޮޑު ނަމަވެސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި އޭނާއަށް އެކި ގޮތްގޮތުން ފާޑުކިޔާ މީހުން ގިނަ ކަން ފާހަގަކޮށްލެވެއެވެ. 

9%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
52%
ވަރަށް ސަލާމް
ކޮމެންޓްސް