
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ އެ ފިލްމަކީ ކޮލިޓީ އަދި އެހާމެ ރީތި ފިލްމަކަށް ވެގެންދާނެ ކަމަށާއި ފިލްމުގައި ދައްކުވައިދޭ ބައެއް މަންޒަރުތަކުން އޯޑިއަންސް ރޯނެ ކަމަށެވެ.
ޕްރަޝާންތު ނީލް ޑައިރެކްޝަން ހަދާފައިވާ އެ ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމަނައިގެން ހަދަމުން އަންނަ ފިލްމެއްކަމަށް އިންޑިއާ ނޫސްތަކުން ބުނެ އެވެ.
"ކޭޖީއެފް 2" ގެ މި ބައި ފެށޭނީ 2018 ވަނަ އަހަރު ރިލީޒްކުރި "ކޭޖީއެފް"ގެ ފުރަތަމަ ބަޔާއި ގުޅިގެންނެވެ. އެ ފިލްމުގެ ލީޑު ރޯލުން ފެންނާނީ ސަންޖޭގެ އިތުރުން ޔަޝްއެވެ.
ސަންޖޭ ފެންނާނީ ވިލަންއެއްގެ ރޯލުން ކަމަށް މީޑިއާ ތަކުގައި އަޑުގަދަވެފައި ވާއިރު "ކޭޖީއެފް" އިން ރަނގަޅު ރޯލަކުން ބަތަލާ ރަވީނާ ޓަންޑަން ވެސް ފެނިގެންދާނެ ކަމަށް ބޭރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.
ކޮވިޑްގެ ސަބަބުން ފިލްމު އަޅުވާ ތާރީހަށް މިހާރު ބަދަލު ގެނެސްފައިވާ އެ ފިލްމު ދެން ރިލީޒްކުރަން ތައްޔާރުވަމުން އަންނަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. އެ މޮޅު ފިލްމު ސިނަމާތަކަށް ގެންނަން ފިލްމުގެ ޓީމުން ތިބީ ފޫގަޅާލައިގެންނެވެ.