ޓީވީ ޝޯތަކުގައި މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މުރްނާލް ޓާކޫރަށް މިއީ ކާމިޔާބު އަހަރެކެވެ. މިއަހަރު ނެރުނު ބޮލީވުޑުގެ ދެ ފިލްމު ކަމަށްޗާ ސްޕަ 30 އާއި ބަޓްލާ ހައުސް އިން އޭނާ ފެނިގެންދިޔަ އެވެ. އެ ދެ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ރަނގަޅު ތަރުހީބެއް ލިބުނު ދެ ފިލްމެވެ.

Advertisement

ރިޕޯޓުތައް ބުނާ ގޮތުގައި ކުޅަދާނަ ތަރި ފަރްހާން އަކްތަރު އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު މުރްނާލަށް މިވަނީ ލިބިފައެވެ. އެގޮތުން "ތޫފާން" ފިލްމުގައި އޭނާއަށް މަސައްކަތް ކުރަން ލިބިފައި ވާއިރު އެ ފިލްމުގައި އޭނާ ފެނިގެން ދާނީ ލީޑު ރޯލުންނެވެ. އަދި ފަރްހާނުގެ ލޯބިވެރިޔާގެ ގޮތުގައެވެ.
"ބާގް މިލްކާ ބާގް" އާއި "ދިލް ދަޅަކްނެ ދޯ" އަދި "ރޮކް އޮން" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ފަރްހާން އެންމެ އަވަހަށް ފެނިގެން ދާނީ މިމަހުގެ 11 ގައި ނެރޭ ފިލްމު، "ދަ ސްކައި އިޒް ޕިންކް" އިންނެވެ. ސޮނާލީ ބޯސްގެ އެ ފިލްމުގައި އޭނާ ފެނިގެން ދާނީ ޕްރިޔަންކާ ޗޯޕްރާ އަދި ޒައިރާ ވަސީމްއާއެކު އެވެ.
އުމުރުން 27 އަހަރުގެ މުރްނާލް ވަނީ "އަރްޖުން" އާއި "ކުމްކުމް ބާގްޔާ" ފަދަ ޝޯތަކުން ފެނިގެން ގޮސްފަ އެވެ.