ads
ފުލުހުންގެ މައި މަރުކަޒު
ކުޑަކުއްޖަކު ރަހީނުކޮށް އަނިޔާކޮށްފި
އުތުރުގެ ރަށެއްގައި 17 އަހަރުގެ ކުޑަކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އެ މައްސަލައާއި ގުޅިގެން "ސީއެންއެމް"އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެ ކުއްޖާ ރަހީނުކޮށްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ރަހީނުކޮށް އެކުއްޖާ ގައިގާ ތަޅާ އަނިޔާތަކެއް ކޮށްފައިވާ ކަމަށާއި، އެ އަނިޔާތަކަށް ހޮސްޕިޓަލުގައި އެކުއްޖާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

އެމައްސަލަ ފުލުހުން މިހާރު ބަލަމުންދާއިރު، މިހާތަނަށް އެމައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރެވިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. 

17 އަހަރުގެ ކުޑަކުއްޖަކު ރަހީނުކޮށް އަނިޔާކޮށްފައިވާ މިމައްސަލައާއި ގުޅިގެން ފުލުހުންނާއި ޖެންޑާގެ ޓީމެއް މިއަދު އެ ރަށަަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް އެކަމާއި ގުޅޭގޮތުން ޖެންޑަ މިނިސްޓްރީގެ ބަހެއް ލިބިފައެއް ނުވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް