ކުރިން އެ ފިލްމުގެ ޝޫޓިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެހެން ނަމަވެސް ކޮވިޑްގެ ސަބަބުން ވަކި ހިސާބަކުން ހުއްޓާލަން ޖެހުނީ އެވެ.
"ބޫލް ބުލައްޔާ 2" ގެ ޝޫޓިން އަލުން ފެށިގެން ހާމަކޮށް ކާތިކް ވަނީ ކިއާރާ އާއެކު ނަގާފައިވާ ފޮޓޯ އެއްވެސް އިންސްޓަގްރާމް އަށް ލާފަައެވެ.
މިވަގުތު ފޯރީގައި ފިލްމުގެ މަންޒަރުތައް ނަގަމުން އަންނަ އިރު އެ ފިލްމު ޑައިރެކްޓް ކުރަނީ ކުޅަދާނަ ޑައިރެކްޓަރު އަނީސް ބަޒްމީ އެވެ.
"ބޫލް ބުލައްޔާ" އަކީ 2007 ވަނަ އަހަރު އަކްޝޭ ކުމާރް އާއި ވިދްޔާ ބާލަން ފަދަ ތަރިން އެކްޓު ކޮށް ނެރުނު "ބޫލް ބުލައްޔާ" ގެ ސީކުއެލް އެކެވެ.
މިފަހަރު ތަފާތި ކާސްޓުން ތަކަކާއެކު ހަދާ އެ ހޮރޯ ކޮމެޑީ ރިލީޒްކުރަން ބުނެފައިވާ ތާރީހަކީ މި އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހެވެ.