ފިނޭންސް މިނިސްޓްރީން މީގެ ކުރިން އާއްމުކުރި އުވާލަން ނިންމާފައިވާ ސަރުކާރު ހިއްސާވާ 17 ކުންފުނީގެ ލިސްޓުން އުވާލާފައިވާއިރު ބާކީއޮތް 9 ކުންފުނި އުވާލުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ފިނޭންސުން މައުލޫމާތު ދެއްވައެވެ.
އުވާލާ ކުންފުނިތައް
މިވަގުތު ދިވެހި ސަރުކާރު ހިއްސާވާ ކުންފުނީގެ އަދަދު އުޅެނީ 30 އަށްވުރެ މަތީގައެވެ. ނަމަވެސް މި ކުންފުނިތަކުގެ ތެރެއިން ފައިދާއެއް ނެރެވެނީ މަދު ކުންފުންޏަކަށެވެ. ދާދިފަހުން ޕީސީބީން ނެރުނު ރިޕޯޓު ބުނާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެއްވެސް އާމްދަނީ އެއް ނުލިބޭ 5 ކުންފުނި އެބައޮތެވެ.
އެޕޯޓުގައި ބުނެފައިވަނީ އެފްޑީސީ، އެމްސީއައިއެފް އަދި އެމްއެފްއެމްސީގެ އިތުރުން އެމްއެސްސީއެލްއިން ނިމިދިޔަ ކުއާޓާގައި އާމްދަނީއެއް ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.