ads
އައްޑޫ މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމް އާއި އުނގޫފާރު ދާއިރާ މެމްބަރު މުހައްމަދު ވަހީދު
އެމްޑީޕީ ހަރުގެ މައްސަލާގައި ވައްޑެ އާއި ރޮޒޭގެ ހޫނު ޒުވާބެއް!
އެމްޑީޕީގެ މެނިފެސްޓޯއާއި އެއްގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުން ލަސްވަމުންދާތީ އެކަން ތަންފީޒުކުރުމަށް ގޮވާލާ ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަނަށް އެމްޑީޕީގެ ވަސީލަތްތައް ބޭނުން ކުރާ ކަމުގެ ތުހުމަތާއިއެކު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ބަހުގެ ހޫނު ހަމާލަތަކެއް ރައްދުކޮށްފި އެވެ.
Advertisement

އެ ޕާޓީގެ އާންމު މެންބަރުން އިސްވެ ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަންގައި ސޮއިކުރުން ކުރިއަށް ގެންދަނީ އެމްޑީޕީގެ ހަރުގޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން އެކަމުގެ ތެރޭގައި އުޅުނަމަވެސް އެ ޕެޓިޝަނަކީ ބަރުލަމާނީ ނިޒާމު ގެންނަން އެމްޑީޕީން އެންޑޯޒުކޮށްގެން ކުރާކަމެއް ނޫންކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީން އެންޑޯޒް ކޮށްގެން ކުރާނަމަ އެއަށްވުރެ ސާފުކޮށް، އެއަށްވުރެ ރަނގަޅަށް އެކަން ކުރާނެ ކަމށާއި، އެހެންކަމުން އެއީ އެއްގޮތަކަށްވެސް އެމްޑީޕީގެ މެމްބަރުން ކުރާ ކަމެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

ރޮޒޭއާއި ވައްޑޭގެ ބަހުގެ ހަމަލާތަށް ފެށުނީ ހަސަން ލަތީފުގެ މިވަހާކަތަކާއި ގުޅިގެން އެމްޑީޕީގެ ޓްވިޓާ އެކައުންޓުން އެ ޕެޓިޝަނުގައި ސޮއި ކުރުމަށް އަންގަމުންދާކަމުގެ ތުހުމަތުތަކެއް ކުރާފަދަ މޭރުމަކުން ރޮޒެއިނާ ޓްވީޓް ކުރައްވާފައިވަނިކޮށް ވައްޑޭ އެކަމަށް ރައްދުދެއްވުމުންނެވެ.

އެކަން ކުރަމުންދަނީ އެމްޑީޕީގެ މެމްބަރުން ނޫންކަން ސާފުކޮށްދެއްވީތީ ޝުކުރުދަންނަވަމުން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައެއް މީހުންނަށް އެކަން އޮޅޭ ގޮތްވަނީ ބަޔަކު ތާކު ކުރާ އަމިއްލަ ކަމެއްގައި ބައިވެރިވާން އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން އަންގާތީ ކަމަށް ވެދާނެ ކަމަށެވެ. 

އެވާހަކަތަކަށް ރައްދުދެއްވާ ވައްޑެ ވިދާޅުވީ، އެމްޑީޕީ ހަރުގެ ހިންގާގޮތާ، ޑީއާރުޕީ ހަރުގެ ސިނަމާލެ 2 އެޕާޓްމެންޓް އެއްކޮށްގެން ރޮޒޭމެން ހިންގެވި ގޮތާ ވަރަށް ތަފާތުވާނެ ކަމަށެވެ. އަދި އެމްޑީޕީ ހަރުގެއަކީ އާއްމު މެމްބަރުންގެ ހަރަކާތްތަކަށް ހަދާފައި ހުންނަ ތަނެއް ކަމަށް ވައްޑޭ ވިދާޅުވިއެވެ. 

އެކަމަށް ރައްދުދެއްވައި ރޮޒޭ ވަނީ އެމްޑީޕީގެ ހަރުގެއެއްގެ ވާހަކަ އެކަމަނާއަށް ދެއްކުނުތޯ ސުވާލުކުރައްވާފައެވެ.

"ދަލު ބޭރުންޖެހިގެން މިއީ ކޮން ވާހަކައެއް މިހާރު؟ ކޮންމެ ކަމެއް ހިތު ހުރި ގޮތަކަށް ކޮށްފަ ޑީއާރްޕީ އޭ ބުނީމަ ދެން އެ އޮތީ ބޮޑުތާ ޖެހިފައި! ދެން އެހެން ބުނާ އިރަށް އަހުރެމެންވީ މަޑުން ތިބެން؟ ނުވާނެ ތިކަމެއް! މަޖާ ކަމެއް މިއޮތީ." ރޮޒެއިނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ ހަރުގެ އަކީ ހުރިހާ މެމްބަރުންނަށް ވެސް ބޭނުންކުރެވޭނެ ތަނެއް ކަމަށާއި، ޕެޓިޝަނުގެ މަސައްކަތް އެމްޑީޕީގެ އޮފީސް ތެރޭގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެ ހަރަކާތް ހިންގަން އެ މެމްބަރުން ހުއްދަ ނެގި ކަމަށާއި އެކަން ކުރުމަށް އެމީހުންނަށް ޖާގަ ދިން ނަަމަވެސް ފޮޓޯ ކޮޕީ ނެގުމާއި ސައި ބަޖެޓް ފަދަ ކަންކަން ހަމަޖައްސައި ދިނުމަށް އެދުމުން އެކަމަށް އިންކާރުކުރައްވާފައިވާނެ ކަމަށް ވިދާޅުވި އެވެ. ސަބަބަކަކީ އެއީ އެމްޑީޕީގެ ރަސްމީ މަސައްކަތަކަށް ނުވުން ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. 

2018ވަނަ އަހަރުގެ އިންތިހާބުގައި ރައްޔިތުންގެ އަތްމައްޗަށް އެމްޑީޕީން ދޫކޮށްލި ބޮޑު މެނިފެސްޓޯގައި އޮތީ ރައީސް ސޯލިހް ވެރިކަން ހިންގަވަން ވާނެ ގޮތް ސާފުކޮށް ލިޔެ ބަޔާންކޮށްފައެވެ.

އެގޮތުން 2020 ވަނަ އަހަރުގެ ކުރިއަށް ޤާނޫނު އަސާސީ އިސްލާހު ކޮށް އެއަށް އަމަލު ކުރާން ފަށަންވާނެ ކަމާއި، އިސްލާހު ކުރެވުނު ގާނޫނު އަސާސީ ބަޔާންކުރާ އުސޫލުން ކަނޑައަޅާ ރައީސުލް ޖުމްހޫރިއްޔާ ވާނީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އަދި ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިޔާއަށް ކަމަށް  މެނިފެސްޓޯގައި ބަޔާންކޮށްފައިވެއެވެ. 

އެތައް ބައެއްގެ ވޯޓުން ވެރިކަމަށް އައިސް ތާއީދު ލިބެމުންދިޔަޔަސް ރައީސް ސޯލިހް ވެެރިކަމާއި ހަވާލުވީ މި މެނިފެސްޓޯގައި ލިޔެވި ލަގަބުކުރެވުނު “ވަގުތީ ރައީސް”ގެ ހައިސިއްްޔަތުންނެވެ. 

މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ގޮތުން މި ސަރުކާރަކީ އެ ސަރުކާރުގެ މުއްދަތުގެ ތެރޭގައި ވަގުތީ ސަރުކާރެއް ހިންގާނެ އިންތިޒާމްތަކަކާއި އެކު ގާއިމްކުރެވޭ ސަރުކާރެކެވެ. ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ގޮތުގައި މެނިފެސްޓޯގައި ބަޔާންކޮށްފައިވާ މި ސަރުކާރުގެ ފުރަތަމަ އަހަރުތެރޭގައި، މުޅި ދިވެހި ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބަރުލަމާނީ ނިޒާމަކުން ބޮޑުވަޒީރަކު ރާއްޖޭގައި ހުންނަންވާނެ ކަމަށް މެނިފެސްޓޯގައި ވެއެވެ.

އެހެންނަމަވެސް ވެރިކަމަށް ތިން އަހަރު ވެގެން ދާއިރު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި މެދު ސަރުކާރުގެ ފަރާތުން ވާހަކަދައްކަވާފައެއް ނުވެއެވެ. ވެރިކަން ފުރޮޅާލައްވާ، ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންވާ ވާހަކަ ރައީސް ނަޝީދު ވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވެސް ރައީސް ސޯލިހްގެ އަރިހުގައި ދަންނަވާފައެވެ. ނަމަވެސް ރައީސް ވިދާޅުވަމުން ގެންދަވަނީ ނިޒާމް ބަދަލުކުރުމާއި ގުޅޭ ގޮތުން ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ. 

މިވާހަކަތަކަށް މަބްރޫކް ވިދާޅުވީ ނިޒާމަށް ބަދަލު ގެންނަ ވާހަކައަކީ އެމްޑީޕީ މެނިފެސްޓޯގައި އޮތް ވާހަކައެއް ކަމަށާއި ރިޔާސީ އިންތިހާބަށް ކުރިމަތިލީއިރު ގިނަ ޕާޓީތަކެއްގެ މެނިފެސްޓޯތައް ހުރި ކަމަށާއި އަދާލަތު ޕާޓީގެ މެނިފެސްޓޯއެއްވެސް އޮތް ކަމަށެވެ. 

މަބްރޫކް ވިދާޅުވީ ފުރަތަމަ އޮތް ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި އޮތް އިބާރާތުން، ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި އެވާހަކަތައް ނެތްކަމަށެވެ. އަދި ވެރިކަންކުރުމުގެ ނިޒާމަށް ބަދަލެއްގެންނަ ކަމަށްވާނަމަ އެކަން ކުރާނެ ގޮތް ވަރަށް ސާފުކޮށް ރައީސް ވިދާޅުވެދެއްވާފައި ވާކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް