ads
ވިކްރާންތު އަދި ސާރާ…
"ގޭސްލައިޓް" އަށް ސާރާ އާއި ވިކްރާންތު!
ބޮލީވުޑްގައި ފާހަގަކޮށްލެވޭ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީގެ އާ ފިލްމުގެ ލީޑު ރޯލުން ފެންނާނީ ސާރާ އަލީ ހާން އަދި ވިކްރާންތު މޭސީ ކަމަށް ބުނެފިއެވެ.

ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ އެ ފިލްމުގެ ނަމަކީ ގޭސް ލައިޓެވެ. ރަމޭޝް ވަނީ ސާރާގެ ބައްޕަ ސައިފް އަލީ ހާން ލީޑު ރޯލަށް ލައިގެން "ބޫތު ޕޮލިސް"ގެ ޝޫޓިން ވެސް މި ފަހުން ނިންމާފައެވެ.

"ގޭސްލައިޓް" ކުޅުމަށް ސާރާ ސޮއިކޮށްފައިވާ ކަމަށް ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާއިރު އެ ފިލްމުގެ ކޮންސެޕްޓަކީ ވަރަށް ވަރުގަދަ ތަފާތު ކޮންސެޕްޓެއް ކަމަށް ޕްރޮޑިއުސަރު ބުނެފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ސާރާ އާއި ވިކްރާންތުގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ފެންނާނެ ކަމަށް އިއުލާނު ކޮށްފައިވާ އެ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ފަސް ވަނަ ދުވަހު ފަށާގޮތައް ވަނީ ތާވަލްކޮށްފައެވެ.

ދެހާސް އަށާރަ ވަނަ އަހަރު ނެރުނު "ކެދަރުނާތު" އިން ބޮލީވުޑަށް ތައާރަފްވި ސާރާގެ ގިނަ މަސައްކަތްތަކެއް ކުރިއަށް އެބަ ހުއްޓެވެ.

އެންމެ އަވަހަށް އަކްޝޭ ކުމާރާއި އެކު ކުޅެފައިވާ ފިލްމު "އަތުރަންގީ ރޭ" ރިލީޒްވާން އޮތް އިރު ސާރާ މިވަނީ "ނަކްރޭވާލީ" ކިޔާ ފިލްމަކަށް ވެސް ސޮއިކޮށްފައެވެ.

ވިކްރާންތު ބޮލީވުޑުން ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އިރު ދިޕިކާ ލީޑުން ފެނިގެންދިޔަ "ޗަޕާކް" ގައި އޭނާ ދެއްކި މޮޅު އެކްޓިން ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް