"މަރްޖާވާން" ގެ ފުރަތަމަ ލަވަ ވަރަށް ހިތްގައިމު ކަމަށް ގިނަ ބަޔަކު ބުނެފިއެވެ.

Advertisement
"މަރްޖާވާން" ގެ ފުރަތަމަ ލަވަ ވަރަށް ހިތްގައިމު ކަމަށް ގިނަ ބަޔަކު ބުނެފިއެވެ.
އެލަވަ ނެރެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މަޑުމައިތިރި ލޯބީގެ އެލަވައަށް ކިޔަނީ "ތުމް ހިއާނާ" އެވެ. ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ސިދާތު މަލްހީތުރާ އާއި ތާރާ ސުތަރިޔާ ފެނިގެންދާ އެލަވައަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
ވިލަން އެއްގެ ރޯލުން ފިލްމުގައި ފެނިގެންދަނީ ރިތޭޝް ދޭޝްމުކްއެވެ. ފިލްމުގައި އޭނާ ފެނިގެންދަނީ ޑުވާފް (ކުރު މީހެއް)ގެ ރޯލުންނެވެ. އަދި އޭނާ އަށް ފިލްމުގައި ކިޔަނީ ތީން ފޫޓް އެވެ.
މިލިޕް މިލަން ޒަވޭރީ ޑައިރެކްޓުކުރާ އެފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ. ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ އަށް ވަނަ ދުވަހުއެވެ.