ads
ކޮށާލާފައިވާ ދަނޑުތައް——ފޮޓޯ:ސީއެންއެމް
މަހަކު 50،000 ރުފިޔާ ލިބެމުން އައި ފަޅޯ ގަސްތަކެއް: އިރު އެރި އިރު އޮތީ ކޮށާލާފައި!
ކ. ކާށިދޫއަކީ ފަސްވަނައަށް އެންމެ ބިންބޮޑު ރަށެވެ. 277 ހެކްޓަރު ހުންނަ މިރަށަކީ ދަނޑުވެރިކަން ތިޔާގި އެމީހުންގެ އާމްދަނީ ދަނޑުވެރި ކަމަށް ބަރޯސާކޮށްގެން ދިރިއުޅެމުން އަންނަ ގިނަ ބަޔަކު އުޅޭ ރަށެކެެވެ.

މިމަހުގެ 27 ވީ ހުކުރުު ދުވަހު އިރުއެރިއިރު ކާށިދޫގައި ކަނޑާ ބިމާ ހަަމަކޮށްފައިވާ ފަޅޯ ދަނޑަކީ ވެސް ހަމަ އެފަދަ ރައްޔިތަކު ނުހަނު އުންމީދާއިއެކު އެތަށް ޒަމާނެއްވަންދެން ކުރަމުން އައި މަސައްކަތެކެެވެ. 

ހައްދާފައިވާ 100އަށްވުރެ ގިނަ ފަޅޯގަސް ކަނޑާލާފައިވާ އެދަނޑުގެ ވެރިޔާ ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނީ، ދަނޑުވެރިކަމަކީ އޭނާ ޒަމާނުންސުރެ ލިބޭ ހުސްވަގުތުގައި ކުރަމުން އައި މަސައްކަތެއް ކަމަށެވެ. ފެށުނީންސުރެ ރަށުގައި ސަރުކާރުގެ ވަޒީފާއެއްގައި މަސައްކަތްކުރަމުން އައި ނަމަވެސް ހުސްވަގުތެއް ލިބިއްޖެނަމަ އޭނާ އަބަުދުވެސް އުޅެމުން އައީ ދަނޑުގެ މަސައްކަތްތަކުގައެވެ. ވިޔަފާރި ފުޅާވެ، މިހާރު ދަނޑުގެ މަސައްކަތްތަށް ހަވާކުކޮށްފައި ހުންނަނީ ބިދޭސީ އަކާއި ކަމަށް އޭނާ ބުނެއެވެ. ނަމަވެސް ލިބޭ ހުސްވަގުތަކުގައި އަދިވެސް ދަނޑުގެ މަސައްކަތްތަކުގައި އޭނާ ހަރަކާތްތެެރިވެއެވެ. 

އޭނާ ބުނީ 118 ފަޅޯގަސް އިންދާފައިވާ އެ ދަނޑުގައި ހުރި ފަޅޯގަސްތައް ކަނޑާލާފައި ހުއްޓާ އެންމެ ފުރަތަމަ ފެނުނީ 27 ވީ ހުކުރު ދުވަހުގެ ހެނދުނު ވަލަށް ވަން ބަޔަކަށް ކަމަށެވެ. އޭނާއަށް އެމައުލޫމާތު އެމީހުންގެ ފަރާތުން ލިބުމުން ދަނޑައަށް އައިސް ބެލިއިރު ހައްދާފައިވާ 118 ފަޅޯގަހުގެ ތެެރެއިން 115 ފަޅޯޯގަސް ވަނީ ވަޅިން ޖަހައި މެދުން ބުރިކޮށްލާފައި ކަމަށެވެ. 

"118 ގަހުގެ ތެރެއިން ވަޅި ނުޖަހައި ހުރީ ހަމައެކަނި ތިން ގަސް. ދެން ހުރިހާ ގަހެއް އެހެރީ ވަޅިޖެހިގޮތަށް ވެރިފައި"

އޭނާ ބުނީ ގަސްތަށް ކޮށާލާފައިވާ ކަމަށް ބެލެވެނީ 26 ވީ ބުރާސްތި ދުވަހުގެ އިރުއޮށްސުނު ފަހުން ކަމަށެވެ. އަދި އެއީ ކޮން ބަޔަކު ކީއްވެގެން ކުރި ކަމެއް ކަން ނޭނގޭކަން ފާހަގަކުރަމުން އޭނާ ބުނީ އެފަދަ ކަމަކަށް ޝައްކުވާ ބަޔަކުވެސް ނެތް ކަމަށެވެ. ފުލުހުން މިމައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ސަތޭކައަށްވުރެ ގިނަ ފަޅޯ ގަސްތައް ހުރި މުޅި އެ ފަޅޯދަނޑު ކޮށާ ބަޔަކު ސުންނާފަތި ކޮށްލާފައި މިވަނީ އެ ފަޅޯގަސްތަކުގައި ފަޅޯ އަރާ ބަރާވެފައިވަނިކޮށެވެ. ކޮންމެ ހަފްތާއަކުހެން ފަޅޯކަނޑާ އެ ގަސްތަކުގައި މިފަހަރުވެސް ހުރީ ފަޅޯ ކަނޑަން ތައްޔާރުވެފައެވެ. މާލޭ މާރުކޭޓަށް މިހާރު ހަފްތާއަކު ދެފަހަރު ފަޅޯ ބޭރުކުރާ މި ފަޅޯ ގަސްތަކުން މަހެއްގެ މައްޗަށް 5000 އާއި 50،000ގެ އާއްމުދަނީއެއް ދަނޑުގެ ވެރިޔާ ހޯދައެވެ.

ސީއެންއެމްއަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ދަނޑުގައި އެއްލައިނަކަށް ތަރުތީބުން ރީޗަށް ހައްދާފައިވާ އެގަސްތަށް ކޮށާ ސުންނާފަތި ކޮށްލާފައިވާއިރު ގިނަ އަދަދެއްގެ ރޯ ފަޅޯ ވަނީ ގަހުން ވަކިކޮށްލަން ޖެހިފައެވެ. 

4%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
88%
ސަތޭކައަކުން ސުމެއް
1%
ވަރަށް ސަލާމް
ކޮމެންޓްސް