ads
އަރަމުން އަންނަ ބަތަލު ދޮނާ…
ކުރިއަށް އޮތް ދެ ޕްރޮޖެކްޓަކަށް ބޮޑީ ވަރުގަދަ ކުރަން ދޮނާ ޖިމަށް!
ގިނަ ޝޯވްތަކެއް ހޯސްޓުކޮށްދީފައިވާ އަދި މިހާރު ދިވެހި ފިލްމީ ދާއިރާގައި ވެސް އަރަމުން އަންނަ ތަރި އަލީ އުސާމް(ދޮނާ) އޭނާގެ ކުރިއަށް އޮތް ބޮޑު ދެ ޕްރޮޖެކްޓަކަށް ހަށިގަނޑު ވަރުގަދަ ކުރަން ފަށައިފިއެވެ.
Advertisement

ކާމިޔާބު ވެބް ސީރީޒް “އެހެނަސް” އިން ފިލްމު އިންޑަސްޓްރީގައި ފައިހަރުކޮށްލި ދޮނާ ސީއެންއެމް އަށް ބުނީ، ވަރުގަދަ ދެ ޕްރޮޖެކްޓަކަށް ބޮޑީ ވަރުގަދަކުރަން ޖެހިގެން މިހާރު ޖިމަށް ދާން ފަށާފައިވާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ދޮނާ ބުނީ އެ ދެ ޕްރޮޖެކްޓްގައި ވެސް އޭނާގެ ކެރެކްޓާ ވަރަށް ތަފާތުވާނެ ކަމަށާއި މީގެ ކުރިން ދިވެހި ސިނަމާތަކުން ނުފެންނަވަރުގެ ވަރުގަދައަށް ބިލްޑް ކޮށްފައިވާ ހަށިގަނޑެއް ދައްކަން ޖެހިފައިވާތީ ބޮޑީ މެއިންޓެއިން ކުރަން ޖެހިފައިވާ ކަމަށެވެ.

އޭނާ ދަނީ މާލޭގައި މީގެ ދެ މަހެއްހާ ދުވަސް ކުރިން ހުޅުވި ޖިމް “އެޕެކްސް ފިޓްނަސް” އަށެވެ. ދޮނާގެ ޕާސަނަލް ޓްރެއިނަރަކީ ފިޓްނަސްގެ ދާއިރާގައި މަޝްހޫރު އައިހަމްއެވެ. 

ދިހަ އަހަރަށް ވުރެ ގިނަ އަހަރު މޮޑެލް ކުރުމުގެ ދާއިރާއިން ވެސް ފެނިގެންދިޔަ ދޮނާ ބުނީ ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހެނީ ޔޫއްޕެ ޕްރޮޑަކްޝަންގެ ޕްރޮޖެކްޓަކަށާއި އެކާފު ޕްރޮޑަކްޝަން ހައުސްގެ ކުރިއަށް އޮތް ބޮޑު ޕްރޮޖެކްޓަކަށް ކަމަށެވެ.

އޭނާ ބުނީ އެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ އިރު ޕްރޮޖެކްޓްތަކާއި ބެހޭގޮތުން އިތުރު މައުލޫމާތު މީޑިއާތަކަށް ހިއްސާކުރާނެ ކަމަށެވެ. 

ޔޫއްޕެ ޕްރޮޑަކްޝަންގެ ޕްރޮޑަކްޝަން މެނޭޖަރަކަށް މިވަގުތު ހުރި ދޮނާގެ، ކުރިއަށް ގިނަ ފިލްމީ މަސައްކަތްތަކެއް އެބަ ހުއްޓެވެ. ގިނަ ޕްރޮޑިއުސަރުންގެ ވަރުގަދަ ފްރޮޖެކްޓްތަކެއްގެ މުހިއްމު ރޯލުތައް ކުޅެން ސޮއިކޮށްފައިވާ ދޮނާ ބައެއް  ފިލްމީ މަސައްކަތް ތަކުގެ ތެރޭގައި “ހުވާކޮށްފާ ބުނަން”،”އަވައްޓެރިޔާ” އަދި މިހާރުދައްކަން ފަށާފައިވާ ސީރީޒް “ގާލްފްރެންޑު” ހިމެނެއެވެ.

އަންނަ މަހުގެ ތެރޭގައި ރިލީޒްކުރަން ތައްޔާރުވެފައިވާ ސީރީޒް “ގިރިދާ”ގެ ލީޑު  ރޯލުން ވެސް ފެންނާނެ ދޮނާ އަކީ އިންޓަނޭޝަލަން ބްރޭންޑެއް ކަމަށްވާ އިސާ ބިއުޓީގެ ރާއްޖޭގެ ފިރިހެން އެމްބެސެޑަރެވެ.

31%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް