ads
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް-- ފޮޓޯ: ސަން
ބިމުގެ މައްސަލާގައި އައްޑޫ ކައުންސިލްގެ ނިންމުން ބަދަލެއް ނުކުރި
އައްޑޫ ސިޓީގެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުން ދޫކޮށްފައިވާ 42 ގޯއްޗެއް އެހެން ސަރަހައްދަކަށް ބަދަލުކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުން އެ ކައުންސިލުން ދަމަހައްޓައިފި އެވެ.

ގޯތީގެ މައްސަލަ ހޫނުވެ، އެ މައްސަލަ ރިވިއުކޮށްދިނުމަށް އެދި ކައުންސިލަށް ހުށަހެޅީ ހިތަދޫ ކޮރޮވަލު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު އެވެ. 

މައްސަލަ ރިވިއުކުރުމަށް ރޭ ބޭއްވި ކައުންސިލުގެ ކުއްލި ޖަލްސާގައި ވާހަކަ ދައްކަމުން ކުރިން ބިން ނެގުމާއި އެއްކޮޅަށް ވޯޓު ދެއްވި ބައެއް މެބްމަރުން ވަނީ އުނބައް ޖައްސަވާ ނިންމުމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އެގޮތުން ބައެއް ކައުންސިލް މެމްބަރުން ރައްޔިތުންގެ ކިބައިން މައާފަށް ވެސް އެދިފައިވެއެވެ. 

މި މައްސަލާއާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނިންމީ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް 5 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށެވެ. މިކަން ހުށަހެޅުއްވީ ހިތަދޫ ރަސްގެދަރަ ދާއިރާގެ ކައުންސިލަރު ހުސެއިން ޒަރީރު އެވެ. އަދި ޒަރީރުގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހިތަދޫ ބޭރުމަތި ދާއިރާގެ ކައުންސިލަރު މަރިޔަމް ސައީދާ އެވެ. 

މި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ބިން ނެގުމަށް ނިންމި ނިންމުމަކީ އައްޑޫގެ އެންމެހާ ރައްޔިތުންނަށް ވެސް އޭގެ ފައިދާ ކުރާނެ ނިންމުމެއް ކަމަށާއި ނުފޫޒުގަދަ ފަރާތްތަކެއްގެ ބިން މި މައްސަލާގައި ހިމެނިގެންދިއުން އެއީ އިއްތިފާގެއް ކަމަށެވެ. 

އައްޑޫ ސިޓީ ބިމުގެ މައްސަލާގައި 14 ފަރާތުން ކޯޓަށް ހުށަހަޅާފައިވެއެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ ބެލި 7 މައްސަލާގައި ކައުންސިލުގެ ނިންމުން ރަނގަޅުކަމަށް ހުކުމްކޮށްފައިވާއިރު ފަހުން ބެލި 7 މައްސަލާގައި ހުކުމްކޮށްފައިވަނީ ކައުންސިލުގެ އިއުލާން ބާތިލު ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް