ads
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން ---
އެމްޑީޕީ ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބު ރައީސް ސޯލިހް ފެކްޝަނުން ކާމިޔާބުކޮށްފި
އެމްޑީޕީ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބު ރޭ ބާއްވައި، އެ މަޖިލީހަށް މެންބަރުން ހޮވައިފިއެވެ.

ފަނޑިޔާރުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ނިންމާފައިވަނީ މި މިހުގެ 28 ވަނަ ދުވަހުގެ ރޭއެވެ. ނަމަވެސް އެރޭގެ ޖަލްސާގައި ވަނީ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ އިންތިހާބު، ވޯޓްލާ މަރުކަޒަށް ހާޒިރުވެ ކުރިއަށް ގެންދިއުމަށާއި އެ ވޯޓަކީ ސިއްރު ވޯޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ސިއްރުން ރޭ ކުރިއަށް ގެންދިޔަ އިންތިހާބަކީ ނުވަ މެންބަރުން ހިމެނޭ އިސްތިއުނާފު މަޖިލީހަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބެވެ. އިންތިހާބަށް 18 މީހަކު ވަނީ ކުރިމަތިލާފައެވެ. ރޭ އޮތް އިންތިހާބު ބޮޑު އަގުލަބިއްޔަތުން ކާމިޔާބުކޮށްފައިވަނީ ރައީސް ސޯޯލިހް ފެކްޝަނަށް ނިސްބަތްވާ މެމްބަރުންނެވެ.

ރޭ ކުރިއަށް ގެންދިޔަ އިންތިހާބުގައި 120 މެންބަރަކު 1036 ވޯޓު ލާފައިވާއިރު އިންތިހާބު ކާމިޔާބުކޮށްފައިވަނީ، ކާމިޔާބު ކޮށްފައިވަނީ އަހުމަދު ރިޝްވާން އާއި ފާތިމަތު އިނާޝާ އާއި ހުސައިން ރަޝީދު އާއި އިބްރާހިމް މުހައްމަދު ދީދީ އާއި އަހުމަދު މައުރޫފް އާއި ނައުޝާދު އަބްދުލް އަޒީޒު އާއި އަހުމަދު ނިޝާދު އާއި އާދަމް މާހިރުގެ އިތުރުން އަނަސް އަބްދުއްސައްތާރެވެ.

މި އިންތިހާބުގައި ދެން ވާދަކޮށްފައިވަނީ އަމީން ފައިސަލް އާއި ފާތިމަތު ޝަހީދާ އާއި އަހުމަދު ޒުހައިރު އާއި ސޫޒަން އިބްރާހިމް އާއި އަހުމަދު އަފްރާހް އާއި ފަޞާހް އަހުމަދު އާއި މުހައްމަދު ކަމާލް އާއި ހަސަން ޒާހިރުގެ އިތުރުން އަބްދުލް މަޖީދު ޝަމީމެވެ.

އެމްޑީޕީ އެތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެންބަރުންނާއި ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާއިރު، މި އިންތިހާބުގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ ކެންޑީޑޭޓުންނަށް ކާމިޔާބު ލިބިފައެއްނުވެއެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް