ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ހިތަދޫ އަވަށުގައި ދިރިއުޅޭ އުމުރުން ދުވަސްވެފައިވާ ބަލިމީހަކު ދިރިއުޅޭނެ ތަނަކާއި، ބަލައިދޭނެ ދެ ފަރާތެއް ބޭނުންވާ ކަމަށެވެ.
އެގޮތުން މި މީހާ ބަލައި ދިނުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 6885753 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ. އަދި އަންނަ މަހުގެ ހަތްވަނަ ދުވަހުގެ 12:00 ގެ ކުރިން ތަފްސީލް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ކައުންސިލުން ހާމަކޮށްފައިނުވެއެވެ. މީގެކުރިން ވެސް އެކައުންސިލުން ވަނީ އުމުރުން ދުވަސްވީ މީހަކު ބަލައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ.